Advertisement
ކ. މާލެ
|
19 ނޮވެންބަރ 2023 | އާދީއްތަ 18:12
އިލެކްޝަންސް ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގު
އިލެކްޝަންސް ކޮމިޝަންގެ ރައީސް، ފުއާދު ތައުފީގު
ރާއްޖެއެމްވީ
އިލެކްޝަންސް ކޮމިޝަނުގެ ރައީސް، ފުއާދު ތައުފީގު
މަގާމުން އިސްތިއުފާދިނުމުގެ ވިސްނުމެއް ނެތް: އީސީގެ ރައީސް ފުއާދު
މަސައްކަތްޕުޅުގައި ކުރިއަށްވަޑައިގަންނަވާނެ ކަމަށް ވިދާޅުވި
ރިޔާސީ އިންތިޚާބު 2023ގެ ކުރިން ދިމާވި ބައެއް މައްސަލަތަކާ ގުޅިގެން، އިސްތިއުފާދެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވި
އީސީގެ ރައީސް ކަމަށް ފުއާދު އައްޔަންކޮށްފައިވަނީ 15 ސެޕްޓެންބަރު 2021ގައި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މަގާމުން އިސްތިއުފާދެއްވަން ނިންމަވާފައި ނުވާކަމަށާއި، އެފަދަ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ފުއާދު ވިދާޅުވެފައިވާއިރު، ފުއާދު އީސީގެ ރައީސްކަމުން އިސްތިއުފާ ދެއްވަން އުޅޭކަމުގެ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ.

މިކަން ދޮގުކުރައްވައި، ރާއްޖެއެމްވީއަށް ފުއާދު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ނުވާކަމަށާއި، މަސައްކަތްޕުޅުގައި ކުރިއަށްވަޑައިގަންނަވާނެ ކަމަށެވެ.

Advertisement

ފުއާދު ވިދާޅުވީ ރިޔާސީ އިންތިޚާބު 2023ގެ ކުރިން ދިމާވި ބައެއް މައްސަލަތަކާ ގުޅިގެން، އިސްތިއުފާ ދެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވި ކަމަށާއި، އެ ދުވަސްވަރު އޭނާގެ އިސްތިއުފާއަށްވެސް އީސީގެ މެންބަރުން ގޮވާލެއްވިކަމަށް ފުއާދު ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ ހާލަތު ބަދަލުވެފައި ވާކަމަށާއި، މިހާރު ރަނގަޅަށް މަސައްކަތް ކުރެއްވޭނެ ޖާގަ އެބައޮތްކަމަށް ފުއާދު ވިދާޅުވިއެވެ.

އީސީގެ ރައީސްކަމަށް ފުއާދު އައްޔަންކޮށްފައިވަނީ 15 ސެޕްޓެންބަރު 2021 ވީ ބުދަ ދުވަހެވެ. ރައީސް މަގާމަށް އައްޔަނު ކުރިއިރު ފުއާދު ހުންނެވީ އެކޮމިޝަނުގެ މެންބަރެއްގެ ގޮތުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް