Advertisement
ކ. މާލެ
|
18 ނޮވެންބަރ 2023 | ހޮނިހިރު 09:44
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީސް
މަޖިލީހުގައި މިހާރު ތިއްބަވާނީ ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ ފަސް މެންބަރުން
ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް މަޖިލީހުގެ ހަ މެންބަރަކު މެންބަރު ކަމުން އިސްތިއުފާ ދެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލާ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް މަޖިލީހުގެ ހަ މެންބަރަކު މެންބަރު ކަމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބަވާނީ ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ ފަސް މެމްބަރުންނެވެ.

އެ ފަސް މެމްބަރުންނަކީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި، ފެލިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދާއި, މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް، އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވާލާ ސަރުކާރުގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމަށް އިސްތިއުފާ ދެއްވި މެމްބަރުންނަކީ ނައިބު ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ހުސައިން މުހައްމަދު ލަތީފާއި އަހުމަދު އުޝާމާއި އަހުމަދު ޝިޔާމާއި އާދަމް ޝަރީފާއި މުހައްމަދު ޣައްސާން މައުމޫނާއި މުހައްމަދު ސައީދއެވެ.

Advertisement

އެހެންކަމުން މިހާރު މަޖިލީހުގައި ފަރެސްމާތޮޑާ ދާއިރާ، ވިލިމާލެ ދާއިރާ، ނައިފަރު ދާއިރާ، މަޑުއްވަރީ ދާއިރާ، ތ. ގުރައިދޫ ދާއިރާގެ އިތުރުން މާވަށު ދާއިރާ ގޮނޑި ތަމްސީލު ކުރައްވާކަމަށް މެމްބަރަކު ނީންނަވާނެއެވެ.

އަންނަ އަހަރު މަޖިލިސް އިންތިޚާބު އޮންނާނެ ދުވަހެއް އަދި އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިނުވާއިރު 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް