ކ. މާލެ
|
16 ނޮވެންބަރ 2023 | ބުރާސްފަތި 12:13
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
އަޅުގަނޑުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވައްދައިފިނަމަ، މަޤާމުން އިސްތިއުފާ ދޭނަން: އަސްލަމް
މިހާރަށްވުރެ މަޖިލިސް ހަލުވި ކުރުމަށް ޤަވާއިދުގެ ތެރެއިން ކުރެވޭނެ ކަންކަން ހުންނާނެ
މެންބަރުންގެ ހުރި ކަންބޮޑުވުންތަކަކީ ކޮމިޓީ މަރުޙަލާގައި ވެސް އަލިއަޅުވާލެވޭނެ ކަންކަން

ރައްޔިތުންގެ މަޖިލިސް ރައީސްކަމުގެ މަޤާމުގައި ހުންނެވުމުގެ އިތުބާރު ނެތްކަމަށް މެންބަރުން ނިންމަވައިފިނަމަ އެ މަޤާމުގައި ނުހުންނަވާނެ ކަމަށާއި، އިސްތިއުފާ ދެއްވާނެކަމަށް މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Advertisement

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، އޭނާގެ އިތުބާރު ނެތްކަމަށް މެންބަރުން ނިންމަވައިފިނަމަ އެ މަޤާމުގައި ނުހުންނަވާނެކަމަށެވެ.

މިސާލަކަށް އަޅުގަނޑަށް މަޖިލީހުގެ 44 މެންބަރުންނަށްވުރެ ގިނަ މެންބަރުން ސޮއިކޮށްފައި އަޅުގަނޑުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މިއަދު މިގަޑީގައި ލިޔަސް، އަޅުގަނޑަށް އެ މައްސަލަ ލައިފިކަން އެނގޭ ހިސާބުން އަޅުގަނޑު ރައްޔިތުންގެ މަޖިލީހުން ނުކުންނާނީ އަޅުގަނޑުގެ އިސްތިއުފާގެ ސިޓީގައި ސޮއިކޮށްފައި، އެކި ބޭފުޅުން އަމަލުކުރައްވާނީ އެކި ގޮތަށް، އެހެންވީމާ އަޅުގަނޑާހެދިއެއް މަޖިލީހުގެ މަސައްކަތްތައް ހުއްޓިގެންދާކަަށް ނުޖެހޭނެ،
މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް

އޭގެ އިތުރުން ވެސް މިހާރަށްވުރެ މަޖިލިސް ހަލުވި ކުރުމަށް ޤަވާއިދުގެ ތެރެއިން ކުރެވޭނެ ކަންކަން ހުންނާނެ ކަމަށާއި، އެކަންކަން ކުރައްވާނެކަމަށް އަސްލަމް ވިދާޅުވިއެވެ.

ސަޕްލިމެންޓަރީ ބަޖެޓާއި ގުޅޭގޮތުން ތުހުމަތުވާ ސުވާލުތަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ބަޖެޓާއި ގުޅޭގޮތުން ބަލާފައިވާނީ ޤާނޫނުގައިވާ ގޮތުން ބަޖެޓު ހުށައެޅިފައިވޭތޯ ނުވަތަ ނޫންތޯކަމަށެވެ.

މެންބަރުންގެ ހުރި ކަންބޮޑުވުންތަކަކީ ކޮމިޓީ މަރުޙަލާގައި ވެސް އަލިއަޅުވާލެވޭނެ ކަންކަންކަމަށް އަސްލަމް ވިދާޅުވިއެވެ.

އަދި ޤާނޫނާ ޚިލާފަށް ކަމެއް ހިނގާނަމަ އެކަންކަން ބެލުމަށް އެކަށައެޅިފައިވާ މުއައްސަސާތަކުން އެކަންކަން ބަލާނެކަން ވެސް އަސްލަމް ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް