ކ. މާލެ
|
15 ނޮވެންބަރ 2023 | ބުދަ 17:52
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ރާއްޖެއެމްވީ
އިސްލާމީ މަރުކަޒު ބަންދެއްނުވާނެ
ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅިގެން އިސްލާމީ މަރުކަޒުގެ ނަމާދުކުރާ އެއްވެސް ބައެއް ބަންދެއް ނުވާނެ: އިސްލާމިކް މިނިސްޓްރީ
ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތައް ބަންދުވާނެ
ނަމާދަށް ދާ ފަރާތްތަކުން ވަދެނުކުތުމަށް، އިސްލާމީ މަރުކަޒުގެ ދެކުނު ފަޅި ބޭނުންކުރެވޭނެ
ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހުކުރު ދުވަހުގެ ހަވީރު 4:45ގައި، ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައި

އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ނައިބު ރައީސްކަމުގެ މަގާމަށް އައްޔަން ކުރެވިފައިވާ ހުސައިން މުހައްމަދު ލަތީފް، މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅިގެން އިސްލާމީ މަރުކަޒުގެ ނަމާދުކުރާ އެއްވެސް ބައެއް ބަންދުނުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވަނީ، ހުވާކުރެއްވުމުގެ ރަސްމިއްޔާތާ ގުޅިގެން އެއްވެސް ނަމާދު ވަގުތެއްގައި އިސްލާމީ މަރުކަޒު ބަންދުނުވާނެގޮތަށް އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް އިންތިޚާބީ ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންނެވުމާ ގުޅިގެންނެވެ.

މިނިސްޓްރީން ބުނީ، ހުކުރު ދުވަހުގެ އަސްރު ނަމާދާއި މަޣްރިބް ނަމާދު ވަގުތުގައިވެސް، އަދި އެހެން އެއްވެސް ނަމާދު ވަގުތެއްގައި މިސްކިތުގައި ނަމާދުކުރުމަށް ބޭނުންކުރާ އެއްވެސް ބައެއް ބަންދުނުވާނެ ކަމަށެވެ.

Advertisement

އިސްލާމިކް މިނިސްޓްރީން ބުނީ، ހުވާކުރެއްވުމުގެ ރަސްމިއްޔާތު ހުކުރު ދުވަހުގެ ހަވީރު 4:45ގައި ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، އެ ދުވަހުގެ އަސުރު ނަމާދާއި މަޣްރިބް ނަމާދު ވަގުތު ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތައް ބަންދުވާނެތީ، އިސްލާމީ މަރުކަޒަށް ނަމާދަށް ދާ ފަރާތްތަކުން، ވަދެނުކުތުމަށް އިސްލާމީ މަރުކަޒުގެ ދެކުނު ފަޅި، (މެދުޒިޔާރަތްމަގު) ކުރީގެ ދިރާގުގެ މައި އޮފީސް ހުރި ފަޅިއާއި އަދި އިރުމަތީ ފަރާތު ނޭޝަނަލް އާރޓް ގެލަރީ ހުންނަ ފަޅި ބޭނުން ކުރެވޭނެ ކަމަށެވެ.

މިއީ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެންގި އެންގުމެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް