ކ. މާލެ
|
14 ނޮވެންބަރ 2023 | އަންގާރަ 10:18
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް
މަޖިލިސް
އެމްޑީޕީގެ ޕީޖީ ގްރޫޕް
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރުކަމުން އަސްލަމް އިސްތިއުފާދެއްވައިފި
އަސްލަމް ޕީޖީ ލީޑަރުކަމަށް ވަޑައިގެންނެވީ 2022 ވަނަ އަހަރު

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރުކަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިސްތިއުފާދެއްވައިފިއެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަސްލަމް ވިދާޅުވީ އެ މަޤާމުން އިސްތިއުފާދެއްވާފައި ވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އިންތިހާބުވެވަޑައިގަންނަވާފައި ވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

Advertisement

އޭރު ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތެވެ. އަސްލަމް އެ މަޤާމަށް އިންތިޚާބުވެވަޑައިގެންނެވީ އޭރު އެމްޑީޕީގައި ހުންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ވާދަކުރައްވައެވެ. އޭރު އެމްޑީޕީގެ ޖުމްލަ 65 މެންބަރުން ތިއްބެވިއެވެ. އަސްލަމް ޕީޖީ ލީޑަރުކަމަށް ހޮވިވަޑައިގަތީ 40 މެންބަރުންގެ ސޮޔާއެކުގައެވެ.

އަސްލަމް އެމްޑީޕީގެ ޕީޖީ ލީޑަރުކަމުން އިސްތިއުފާދެއްވާފައި ވާއިރު އޭނާ މަޖިލީހުގެ ރައީސްގެ މަޤާމަށް ރޭ ވަނީ އިންތިޚާބުވެވަޑައިގަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް