ކ. މާލެ
|
13 ނޮވެންބަރ 2023 | ހޯމަ 23:00
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމާއި މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމާއި މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމް
ރާއްޖެއެމްވީ
މަޖިލީހުގެ ރައީސް އައްޔަނުކުރުން
މަޖިލީހުގެ ރައީސްކަމަށް، އަސްލަމާއި ޢާޒިމުގެ ނަން ހުށަހަޅައިފި
ވޯޓު ގުނުމުގެ ކަންކަން ކުރިޔަށްގެންދިޔުމަށް ފަސް މެމްބަރުންގެ ކޮމިޓީއެއް ވަނީ ފާސްކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުކުރުމަށް، އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމާއި ޑިމޮކްރަޓްސްގެ ޕީޖީ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ ޢާޒިމްގެ ނަން ހުށަހަޅައިފިއެވެ.

މިހާރު ކުރިޔަށްދާ މަޖިލީހުގެ ޖަލްސާގައި، މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ޢާޒިމްގެ ނަން ހުށަހެޅުއްވީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ. އެ ނަމަށް ތާއީދުކުރެއްވީ ގައްދޫ ދާއިރާގެ މެމްބަރު އަޙުމަދު ޒާހިރެވެ. އަސްލަމްގެ ނަން ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއުއެވެ. އެ ނަމަށް ތާއީދުކުރެއްވީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ޢަބްދުލް މުޣުނީއެވެ.

Advertisement

މިހާރު ރައީސަކު އިންތިޚާބުކުރުމަށް ސިއްރު ވޯޓު ނެގުމުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

ވޯޓު ގުނުމަށް ނަގާފައިވާ ފަސް މެމްބަރުންނަކީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު، ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަޟުލް ރަޝީދު، ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަޙުމަދު އުޝާމެވެ. މި ފަސް ނަން ފާސްވެފައިވަނީ 64 މެމްބަރުންގެ ވޯޓުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް