ކ. މާލެ
|
12 ނޮވެންބަރ 2023 | އާދީއްތަ 20:25
ޖޭއެސްސީ
ޖޭއެސްސީ
ރާއްޖެއެމްވީ
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމާއި ގުޅޭ
ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް 6 ބޭފުޅަކު ކުރިމަތިލައްވައިފި
ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީ އިން ހުޅުވާލާފައިވަނީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު
މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަވަނީ ޖޭއެސްސީގެ "ފަހިރެސް ޕޯޓަލް" މެދުވެރިކޮށް
ޖޭއެސްސީއިން މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލް ރިޓަޔަރކުރެއްވުމާއި ގުޅިގެން

ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް 6 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ހުޅުވާލުމުން 6 ބޭފުޅަކު ކުރިމަތިލައްވާފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާދިއްތަ ދުވަހު ހަމަވެފައިވާއިރު، 6 ބޭފުޅަކު ކުރިމަތިލައްވާފައިވާކަމަށް ޖޭއެސްސީ އިން ވަނީ ބުނެފައެވެ.

Advertisement

ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީ އިން ހުޅުވާލާފައިވަނީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަވަނީ ޖޭއެސްސީގެ "ފަހިރެސް ޕޯޓަލް" މެދުވެރިކޮށްށެވެ.

އެގޮތުން ހައިކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމަށް ކުރިމަތިލައްވާފައިވަނީ،

  1. ޢަބްދުއްސަލާމް / މިސްކިތްދޮށުގެ، ގއ. ގެމަނަފުށި
  2. ރުޝްދުﷲ އިބްރާހީމް / ޖަވާހިރުމާގެ، ބ. މާޅޮސް
  3. އަޙްމަދު ނައުޝާދު / ހުދުވިލާގެ، ސ. މީދޫ
  4. ޢަލީ ނަޞީރު / ގާރޑެނިޔާވިލާ، ބ. ކިހާދޫ
  5. މަރްޔަމް ނިހާޔަތު / މ. ތާޖު، ކ. މާލެ
  6. ޢަބްދުލްމާނިޢު ޙުސައިން / އަންބަރީގެ، ހއ. އިހަވަންދޫ

ޖޭއެސްސީއިން މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ޝަކީލް ރިޓަޔަރކުރެއްވުމާއި ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް