ކ. މާލެ
|
12 ނޮވެންބަރ 2023 | އާދީއްތަ 15:06
އީވާ އަދި އަފީފް
އީވާ އަދި އަފީފް
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
އާދިއްތަ ދުވަހުގެ ޖަލްސާގައި ރިޔާސަތުން ޢަމަލުކުރީ ރަނގަޅަކަށް ނޫން - މަޖިލީހުގެ އިދާރާ
ފުރަތަމަ ޖަލްސާގައި އެގޮތަށް ނިންމެވީ ވެސް އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް އަމީންއާއްމު ލަފާ ދެއްވާފައި ވަނިކޮށް
ޒިޔާއު ވިދާޅުވީ އެ ގަރާރާއި މެދު ރިޔާސަތުގައި އިންނަވާ ފަރާތަކަށް ގޮތެއް ނުނިންމޭނެ ކަމަށް
އާދިއްތަ ދުވަހުގެ ހެނދުނުގެ ޖަލްސާގައި އަފީފް ރިޔާސަތު ބެލެހެއްޓެވީ އީވާ ސަލާމް ވިދާޅުވުމުން

އާދިއްތަ ދުވަހުގެ ޖަލްސާގައި ރިޔާސަތުން ޢަމަލުކުރީ ރަނގަޅަކަށް ނޫންކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު އާދިއްތަ ދުވަހަށް ތާވަލްކުރިއެވެ. އެހެންނަމަވެސް ހެނދުނު ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ އެ ގަރާރު ގަވައިދާ ހިލާފު ކަމަށް ނިންމައި، އެ މައްސަލަ ތަޅުމުން ބޭރުކޮށްފައިވާ ކަަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ މައްސަލަ ބޭރުކުރުމުގެ ބާރު އަފީފަށް ލިބިގެން ނުވާކަން ފާހަގަކޮށް ދެވަނަ ޖަލްސާ އެއް އާދިއްތަ ދުވަހަށް ތާވަލްކުރިއެވެ.

Advertisement

މަޖިލީހުގައި އާދިއްތަ ދުވަހުގެ ހެނދުނުގެ ޖަލްސާގައި އަފީފް ރިޔާސަތު ބެލެހެއްޓެވީ އީވާ ސަލާމް ވިދާޅުވުމުންނެވެ. ދެވަނަ ޖަލްސާ ތާވަލްކުރީ 11:30 އަށެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން އީވާ ވަޑައިގެންނެވިއެވެ. އަދި އެ ޖަލްސާ ފެއްޓެވުމަށް ފަހު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި މެދު ރިޔާސަތުން ގޮތެއް ނިންމާފައިވާތީ އެ ޖަލްސާ އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް އީވާ ނިންމެވިއެވެ.

އެކަމާއި ގުޅޭ ގޮތުން ރާއްޖެ އެމްވީ އަށް މައުލޫމާތުދެމުން މަޖިލީހުގެ އިދާރާ އިން ބުނީ ރިޔާސަތަށް އެ ގަރާރާއި މެދު ގޮތެއް ނިންމިދާނެ ކަމަށް އިދާރާއިން ނުދެކޭ ކަމަށެވެ. އަދި ރިޔާސަތުގެ ނިންމުން ގޯސްކަމަށާާއި ދެ ވަނަ ޖަލްސާ އެއް ތާވަލްކުރީ ވެސް އެ ސަބަބާއި ހުރެ ކަމަށެވެ. މަޖިލީހުގެ ޑިރެކްޓަރް އޮފް ކޮމިއުނިކޭޝަންސް ހަސަން ޒިޔާއު ވިދާޅުވީ އެ ގަރާރާއި މެދު ރިޔާސަތުގައި އިންނަވާ ފަރާތަކަށް ގޮތެއް ނުނިންމޭނެ ކަމަށެވެ. އަދި އަފީފް ފުރަތަމަ ޖަލްސާގައި އެގޮތަށް ނިންމެވީ ވެސް އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް އަމީންއާއްމު ލަފާ ދެއްވާފައި ވަނިކޮށް ކަމަށް ޒިޔާއު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް