Advertisement
ކ. މާލެ
|
12 ނޮވެންބަރ 2023 | އާދީއްތަ 12:19
އެމްޑީޕީ މެންބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަނީ
އެމްޑީޕީ މެންބަރުން މަޖިލީހުގައި އިހުތިޖާޖު ކުރަނީ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނިންމާފައި ނޫނީ އެމްޑީޕީ މެންބަރުން ތަޅުމުން ނުނިކުންނަން އިހުތިޖާޖު ކުރަނީ
އަފީފް މެންބަރުންގެ އިމްތިޔާޒްތަކަށް އަރައިގަނެފައިވާ ކަމަށް މެންބަރުން ތުހުމަތުކުރައްވާ
މެންބަރުން ވަނީ ސަލާމުގައި ހުންނެވުމަށް ފަހު އީވާ ޖަލްސާ އަށް ފަހުން ވަޑައިގަތުމުން އެކަމަށް ފާޑު ވިދާޅުވެފައި
މެންދުރުގެ ޖަލްސާ ނިންމާލީ ވެސް މެންބަރުން އިހުތިޖާޖު ކުރަމުން ދަނިކޮށް

ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނިންމާފައި ނޫނީ އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުގެ މެންބަރުން ތަޅުމުން ނުނިކުންނަން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

އާދިއްތަ ދުވަހުގެ ހެނދުނު ބޭއްވި މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި އޮތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލަ އެއް ނަންގަވާފައެވެ. އެ ނިޒާމީ މައްސަލައިގައި އޭނާ ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަަލައިގެ ގަރާރުގައި ގަރާރެއްގެ ސިފަ ނެތް ކަމަށެވެ. އަދި މަޖިލިސް ރިޔާސަތު ބެލެހެއްޓެވި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފު ވަނީ އެ ނިޒާމީ ނުކުތާ ބަލައިގަތުމަށް ފަހު އެ މައްސަލަ ތަޅުމުން ބޭރުކޮށްލައްވާފައެވެ.

އެހެންނަމަވެސް އަފީފް އެ މައްސަލަ ބޭރުކޮށްލެއްވީ ރަނގަޅަށް ނޫން ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވެއެވެ. އަދި މިއަދު 11:30 އަށް ޖަލްސާ އެއް އެޖެންޑާކުރިއެވެ. ނަމަވެސް ހެނދުނުގެ ޖަލްސާއަށް ސަލާމުގައި ހުންނެވުމަށްފަހު، މަޖިލީހުގެ ނާއިބު ރައީސް މެންދުރު ބޭއްވެވި މި ޖަލްސާއަށް ވަޑައިގެން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެ ޖަލްސާ ނިންމަވާލައްވާފައެވެ. އޭރުވެސް މެންބަރުން ގެންދެވީ އިހުތިޖާޖު ކުރެއްވުމުންނެވެ. މެންބަރުން ވަނީ ސަލާމުގައި ހުންނެވުމަށް ފަހު އީވާ ޖަލްސާ އަށް ފަހުން ވަޑައިގަތުމުން އެކަމަށް ފާޑު ވިދާޅުވެފައެވެ.

Advertisement

މިއަދުގެ 3 ވަނަ ޖަލްސާ ބޭއްވުމަށް އެމްޑީޕީގެ ޕީޖީ އިން ދަނީ އިދާރީ މޭޒުގައި އެދެމުންނެވެ.

މިއަދުގެ ޖަލްސާގައި އަފީފް މެންބަރުންގެ އިމްތިޔާޒްތަކަށް އަރައިގަނެފައިވާކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވެ، އެ މައްސަލައާ މެދު މަޝްވަރާކުރުމަށް އިމްތިޔާޒާއި ސުލޫކު ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް