ކްރިކެޓް ވޯލްޑްކަޕުން ޕާކިސްތާން ރޭ ކެޓުމުން ކެޕްޓަން ބާބަރް އަޒަމް އިސްތިއުފާ ދިނުމަށް އެ ގައުމުގެ ކުރީގެ ގިނަ ކުޅުންތެރިން ގޮވާލައިފި އެވެ.
ކުރީގެ ގިނަ ކުޅުންތެރިންގެ ނަޒަރުގައި ޕާކިސްތާން މުބާރާތުގައި ކުޅުނު ނުވަ މެޗުގެ ތެރެއިން ފަސް މެޗުން ބަލިވެ، މުބާރާތުން ކަޓަން ޖެހުނީ ބާބަރްގެ ލީޑަރޝިޕް ދަށްވުމުންނެވެ.
ނަމަވެސް ކޯޗު މިކޭ އަރްތޫރުގެ ވިސްނުން ތަފާތެވެ. އޭނާ ބުނީ ބާބަރް ޓީމުގައި ދެމިހުރުން މުހިންމު ކަމަށާއި އަދި ހެދުނު މިސްޓޭކްތަކުން ފިލާވަޅު ލިބިގަތުން ރަނގަޅު ކަމަށެވެ.
އޭނާގެ މިސްޓޭކްތައް ދެނެގަނެ އެކަންކަން ހައްލު ކުރުން ވަރަށް މުހިންމު. އަދި އޭނާ ޓީމް ލީޑްކުރަން ހުރުން ވެސް މުހިންމު. އަހަރުމެންގެ ބެޓީން ރަނގަޅުވިނަމަ މިއަށްވުރެ ނަތީޖާ ރަނގަޅުވީސް. ހާއްސަކޮށް ބެޓިންގެ ކޮންސިސްޓެންސީ ރަނގަޅު ކުރަންޖެހޭކޯޗު
އޭނާ އަދި ބުނީ އަނިޔާވެގެން ޓީމުން އުނިކުރި ނަސީމް ޝާހު ހުރިނަމަ ބޯލިން ވެސް ރަނގަޅުކުރެވުނީސް ކަމަށެވެ. ނަމަވެސް ޓީމުގައި ތިބި ކުޅުންތެރިން ދެއްކި ކުޅުން ވެސް މުޅިން ގޯސްނޫން ކަމަށެވެ.
ޕާކިސްތާން ކެޓީ މުބާރާތުގައި ކުޅުނު ފަހު މެޗުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން އިންގްލޭންޑް އަތުން ބަލިވުމުންނެވެ. މުބާރާތުން ކެޓުމުން ޕާކިސްތާން ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން މިއަދު އިންޑިޔާއިން ފުރާނެ އެވެ.
ވޯލްޑްކަޕުގެ ސެމީ ފައިނަލަށް ދަތުރުކުރީ އިންޑިޔާ އާއި ދެކުނު އެފްރިލާ އަދި ނިއުޒީލޭންޑާއި އޮސްޓްރޭލިޔާ އެވެ. މުބާރާތުން ކެޓީ ފަސް ވަނަ އަށް ދިޔަ ޕާކިސްތާނާއި އިންގްލޭންޑް އަދި ސްރީލަންކާ އާއި އަފްޣާނިސްތާނާއި ނެދަލޭންޑްސްގެ އިތުރުން ބަނގްލަދޭޝް އެވެ.