ކ. މާލެ
|
12 ނޮވެންބަރ 2023 | އާދީއްތަ 05:21
ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް
ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް
ރާއްޖެއެމްވީ
ރައްޔިތުން މަޖިލީހުގެ ރައީސް ގެ އިތުބާރު ނެތްކަމުގ
އީވާ އަށް ރިޔާސަތު ބެލެހެއްޓިދާނެކަމަށް ގަބޫލެއް ނުކުރެވެ، މަސްލަހަަތަށް ފުށުއަރާނެ: އަފީފް
އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލީހުގެ އަމީންއާންމަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ތާއީދުކުރައްވަން
ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅެއް ކަނޑައެޅުއްވުމުގައި މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ގާތުން އައްސަވައިގެން ނުވާނެ
ގާނޫނީ ގޮތުންވެސް ޖަލްސާގެ ރިޔާސަތު އީވާ އަށް ނުބެލެހެއްޓެވޭނެ

މިހާލަތުގައި އީވާ އަށް ރިޔާސަތު ބެލެހެއްޓިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށް އަފީފް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ތިމާގެ ބޭފުޅެއްކަމަށެވެ. އެހެންކަމުން، މަޖިލީހުގެ ރައީސް ގެ އިތުބާރުނެތް ކަމުގެ މައްސަލައިގެ ރިޔާސު ބަލަހައްޓަވަން ނައިބު ރައީސް އީވާ އިންނެވުމަކީ ވަރަށް ސާފުކަން ބޮޑު ގޮތެއްގައި މަސްލަހަތަށް ފުށުއަރާނެކަމެއްކަމަށް ގަބޫލުފުޅުކުރައްވާކަމަށް އަފީފް ވިދާޅުވިއެވެ. އަދި ގާނޫނީ ގޮތުންވެސް ޖަލްސާގެ ރިޔާސަތު އީވާ އަށް ނުބެލެހެއްޓެވޭނެކަމަށް އަފީފް ފާހަގަކުރެއްވިއެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ ނައިބު ރައީސްއަކަށް މިހާރު އެ އިންނެވި ބޭފުޅާ އީވާ އަބްދުﷲ އަކަށްވެސް ނީންދެވޭނެ. ސަބަބަކީ ވަރަށް ސާފުކަން ބޮޑު ގޮތެއްގައި މަސްލަހަތަށް ފުށުއެރެމެއް އެބަ އޮވޭ. ތިމާގެ ބޭފުޅުން އެއީ. ދުރުތާ ތިމާގެ އެއްވެސް ނޫން. މަސްލަހަތު ފުށުއެރުން އެބަ އޮތް. އެހެންވީމަ ގާނޫނީ ގޮތުން ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭނެ.
ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް

އަފީފް އިތުރަށް ވިދާޅުވީ، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅެއް ކަނޑައަޅުއްވާނެ ގޮތެއް ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅެއް ކަނޑައެޅުއްވުމުގެ މަސްއޫލިޔަތު ހަވާލުވެފައި އޮންނަނީ މަޖިލީހުގެ އަމީންއާންމަށްކަމަށްވެސް އަފީފް ފާހަގަކުރެއްވިއެވެ. އަދި ރިޔާސަތު ބަލަހައްޓަވާނެ ބޭފުޅެއް ކަނޑައެޅުއްވުމުގައި މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ގާތުން އައްސަވައިގެން ނުވާނެކަމަށްވެސް އަފީފް ވިދާޅުވިއެވެ.

ދެން މި ދާންޖެހެނީ އެހެންކަމަށްވަންޏާ ސުޕްރީމް ކޯޓުގެ ހުކުމުގައި މި ބުނަނީ ދެން ތިއްބެވި ބޭފުޅުންގެ ތެރެއިން އެ އޮންނަ އުސޫލަކުން ކޮންމެސް ބޭފުޅަކު ރިޔާސަތު ބަލަހައްޓަވަންޖެހޭނޭ. އެކަންއެކަން އިންތިޒާމުކުރުން މި އޮންނަނީ އަޅުގަނޑުމެން ކޯޓުގަވެސް ބުނެފަ އޮންނާނެ، އަދި ފަނޑިޔާރުންވެސް ވިދާޅުވެފަ އެބަ އޮވޭ މިކަންކަން އިންތިޒާމު ކުރަން މި ޖެހެނީ މަޖިލީހުގެ އަމީންއާންމުކަން. އަމީންއާންމު މިކަން ކުރެއްވުމުގައި ރައީސް ކައިރިން އަދި ނައިބު ރައީސް އައްސަވައިގެން ނުވާނެ. ސަބަބަކީ މަސްލަހަތު ފުށުއެރުން އޮންނާތީ.
ގާނޫނީ ވަކީލު އަހުމަދު އަބްދުﷲ އަފީފް

އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލީހުގެ އަމީންއާންމަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ތާއީދުކުރައްވާކަމަށްވެސް އަފީފް ވިދާޅުވިއެވެ.

އާދީއްތަ ދުވަހުގެ ޖަލްސާ އޮމާންކަމާއެކު ކުރިއަށް ގެންދަވާނެ ބޭފުޅަކު ހަމަޖެއްސުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫއްޕުން މަޖިލީހުގައި ވަނީ އެދިފައެވެ. މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާއަށް އެޑްރެސްކޮށް، އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލައަކީ އެ މައްސަލައާމެދު ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ކަމަށާއި އަދި އެ މައްސަލަ ތާވަލްކޮށް ބާއްވާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސްކަމަށް އަމީންއާންމު ނިންމެވި ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއްކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

- ކޮމެންޓް