ކ. މާލެ
|
10 ނޮވެންބަރ 2023 | ހުކުރު 12:13
ކޭޕީކޭއިން ކުރިއަށްގެންދިޔަ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމުގެ ބައިވެރިންތަކެއް
ކޭޕީކޭއިން ކުރިއަށްގެންދިޔަ ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމުގެ ބައިވެރިންތަކެއް
އޭސީސީ
އޭސީސީ
އިންވެސްޓިގޭޝަން އަދި ޕްރިވެންޝަން ދާއިރާގެ މުވައްޒަފުންނަށް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް ބާއްވައިފި
މިއީ އިންޑިނޭޝިއާގެ ކޭޕީކޭއިން ކުރިއަށްގެންދިޔަ ޕްރޮގްރާމެއް

އިންވެސްޓިގޭޝަން އަދި ޕްރިވެންޝަން ދާއިރާގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމެއް ބާއްވައިފިއެވެ.

މިއީ މި މަހުގެ 6 އިން 9 އަށް އިންޑޮނޭޝިއާގެ ކޮރަޕްޝަން އިރެޑިކޭޝަން ކޮމިޝަން (ކޭޕީކޭ)ގެ ވަފުދުގެ ޒިޔާރަތްކުރުމުގެ ތެރެއިން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމެކެވެ.

ކޭޕީކޭގެ ތަޖުރިބާކާރު ބޭފުޅުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި، އިންޑޮނޭޝިއާގައި އެސެޓް ރިކަވަރީގެ މަސައްކަތް ކުރެވޭ ގޮތާއި ރިޝްވަތުގެ ކުށް ތަހުގީގުކުރުމާއި، ކޮރަޕްޝަނާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކުގެ އިތުރުން، ކޮރަޕްޝަނާ ދެކޮޅަށް ކޭޕީކޭއިން ކުރަމުންގެންދާ މަސައްކަތްތަކާއި އެކޮމިޝަނުން ކޮށްފައިވާ ބޮޑެތި ތަހުޤީގުތަކާއި އެބޭފުޅުންގެ ތަޖުރިބާ ވަނީ ހިއްސާކޮށްފައެވެ.

Advertisement

ދެ ދުވަހުގެ މި ޕްރޮގްރާމްގައި ތަހުގީގުކުރުމުގެ ދާއިރާއާއި ޕްރިވެންޝަން ދާއިރާގައި އެކި އިދާރާތަކުގައި މަސައްކަތްކުރާ 30 މުވައްޒަފުން ބައިވެރިވި ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީގެ އިތުރުން މި ޕްރޮގްރާމުގައި ފުލުހުންގެ ޚިދުމަތާއި، ޕީޖީ އޮފީސް، ކަސްޓަމްސް، މިނިސްޓްރީ އޮފް ފައިނޭންސް، މީރާ، އަދި ޓްރާންސް ޕޭރަންސީ މޯލްޑިވްސްއިން މުވައްޒަފުން ބައިވެރިވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް