ކ. މާލެ
|
8 ނޮވެންބަރ 2023 | ބުދަ 14:42
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން
ފަލަސްތީން ގަރާރު
ފަލަސްތީނުގެ ގަރާރު މަޑުޖެހިފައި އޮތީ މަޖިލިސް ގަވާއިދު ހިތުހުރިގޮތަކަށް މާނަކުރާތީ - ސައުދު
ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ދިފާއުކުރުމަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ބަހުސްކޮށް ފާސްކުރަންޖެހޭ ގަރާރުގެ މަސައްކަތް ހުއްޓިފައިވޭ
ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ އެތައް މަސައްކަތްތަކެއް ހުއްޓުމަކަށް އައިސްފައިވޭ

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ދިފާއުކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރު މަޑުޖެހިފައިއޮތީ މަޖިލިސް ގަވާއިދު ހިތުހުރިގޮތަކަށް މާނަކުރާތީ ކަމަށް ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

Advertisement

ވިލިނގިލި ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ހުށަހަޅުއްވާފައިވާ، އިސްރާއީލުން ފަލަސްތީނުގެ އެކި ސަރަޙައްދުތަކަށް ދެމުންގެންދާ ނުރައްކާތެރި އުދުވާނީ ހަމަލާތައް ކުށްވެރިކޮށް އެ ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތައް ކުށްވެރިކޮށް އެ އަނިޔާތައް ހުއްޓާލައި ފަލަސްތީނުގައި އިންސާނީ ޙައްޤުތައް ކަށަވަރުކޮށް، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން ފޭރިގެންފައިވާ އެންމެހައި ބިންތަކުން ފައިބާ، އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލައި ޤަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ.

މެންބަރު ސައުދު ވިދާޅުވީ، މިއީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި، ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ އެތައް މަސައްކަތްތަކެއް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އަދި މަޖިލިސް ގަވާއިދުގައި މަޖިލިސް ހުއްޓުވާފައި ބޭއްވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ސައުދު ވިދާޅުވިއެވެ. ސައުދު ވިދާޅުވީ މަޖިލިސް ކުރިއަށް ގެންދެވޭނެ ކަމަށާއި، ގާނޫނު އަސާސީއާއި މަޖިލިސް ގަވާއިދާއި ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

މަޖިލީހުގެ މަސައްކަތް ހުއްޓުވާފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅި އެ މައްސަލަ އެޖެންޑާކުރި ހިސާބުންނެވެ. އަދި 5 ފަހަރު މަތިން ވެސް މި މައްސަލަ އެޖެންޑާކުރުމުން ސަލާމް ވިދާޅުވެ، އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ނާއިބު ރައީސް އުޒުރުވެރިވެވަޑައިގަންނަވާފައި ވާތީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް