Advertisement
ކ. މާލެ
|
24 ޖުލައި 2017 | ހޯމަ 11:17
ފިނޭންސް މިނިސްޓަރ މުނައްވަރު
ފިނޭންސް މިނިސްޓަރ މުނައްވަރު
އަޒުމޫން އަހުމަދު
ހަސަން ލަތީފް
ޕާޓީތަކަށް ފާއިސާ ނުދީ ހިފަހައްޓާފައި ވާތީ މިނިސްޓަރ މުނައްވަރު ޖަވާބުދާރީ ކުރެވޭނެ!
10000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ފައިސާ ނުދޭން ވަނީ ކަނޑައަޅާފަ
3000 މެންބަރުން ހަމަ ނުވާ ޕާޓީތައް މިހާރުވަނީ އުވާލާފަ
ފައިސާ ދޫކުރުމަށް ފިނޭންސަށް ފޮނުވިތާ ދެ މަސް ވެއްޖެ

މިއަހަރު ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފާއިސާ ނުދީ ހިފަހައްޓާފައި ވާތީ މިނިސްޓަރު އަހުމަދު މުނައްވަރު ޖަވާބުދާރީ ކުރެވޭނެ ކަމަށް އެމްޑީޕީގެ ޗެއަރޕާރސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

 

ހަސަން ލަތީފް މިހެން ވިދާޅުވީ ޕާޓީތަކަށް ދޭން ޖެހޭ ފާއިސާ އަދިވެސް ދީފައި ނުވާތީ އެކަމށް އިޝާރާތްކުރައްވާ ކުރެއްވި ޓުވީޓެއްގައެވެ.

 

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދޭން ޖެހޭ ފާއިސާ ނުދީ ޤާނޫނާ ޚިލާފަށް ހިފަހައްޓައިގެން ހުރި ފިނޭންސް މިނިސްޓަރ މުނައްވަރު ވެސް އަދި ޖަވާބުދާރީ ކުރެވޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމަށް ފިނޭންސަށް ފޮނުވިތާ ދެ މަސް ވެފައިވާއިރު، މިއަހަރު ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަށް ހަމަޖެހިފައި ވަނީ ހަތަރު ޕާޓީއަކަށެވެ. އެއީ ޕީޕީއެމާއި އެމްޑީޕީއާއި ޖޭޕީ އާއި އެމްޑީއޭއެވެ.



ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނަށް ސަރުކާރުން މިދިޔަ އަހަރު ގެނައި ބަދަލުތަކާއި އެކު 3,000 މެންބަރުން ހަމަ ނުވާ ޕާޓީތައް މިހާރު ވަނީ އުވާލާފައެވެ. އަދި 10,000 މެންބަރުން ހަމަނުވާ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ނުދޭން ވަނީ ކަނޑައަޅާފައެވެ.

 

ފިންގަރ ޕްރިންޓް ނެތް މެމްބަރުން ވަނީ ޕާޓީތަކުގެ ދަފުތަރުން އުނިކޮށްފައެވެ. އެގޮތުން އެންމެ ގިނަ މެމްބަރުން އުނިވެގެންދިޔައީ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
24 ޖުލައި 2017 | ހޯމަ 17:03
roanu edhuru
Munawwar akee kaaku, kuda kujkeh aee, O level hadhaafa huri kujjaku ves eyah vure rangalhah thikan kuraane