Advertisement
ކ. މާލެ
|
3 ނޮވެންބަރ 2023 | ހުކުރު 05:20
ގއ ގެމަނަފުށި
ގއ ގެމަނަފުށި
ސަން އޮންލައިން
މީހަކު ނިޔާވުން
ލޯންޗެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ
މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ޢުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއް

ދަގަނގަޑު ޖަހައިގެން މަސް ހިފަން އުޅުނު މީހެއްގެ ގައިގައި ލޯންޗަކުންޖެހި، އެމީހާ ނިޔާވެއްޖެއެވެ.

މިއެކްސިޑެންޓު ހިނގާފައިވަނީ ގއ. ގެމަނަފުށީގައެވެ. މިހާދިސާއާ ގުޅޭގޮތުން ފުލުހުން ބުނީ މި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ޢުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

Advertisement

މިއެކްސިޑެންޓް ހިނގާފައިވަނީ މަސްހިފަން މޫދަށް އެރި އުޅެނިކޮށް ގެމަނަފުށީ ފަޅަށް ވަންނަން އައި ލޯންޗެއްގައި އެމީހާ ޖެހިގެންކަމަށް ފުލުހުން ބުނެއެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް