ކ. މާލެ
|
2 ނޮވެންބަރ 2023 | ބުރާސްފަތި 07:29
ޕީޕީއެމްގެ މިއީ މަގޭ ރާއްޖެ ޖަލްސާގެ ތެރެއިން
ޕީޕީއެމްގެ މިއީ މަގޭ ރާއްޖެ ޖަލްސާގެ ތެރެއިން
ޕީޕީއެމް
ޕީޕީއެމް/ޕީއެންސީ ކޯލިޝަން
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ޖެނުއަރީ މަހު
ޕީޕީއެމް/ޕީއެންސީން މަޖިލީހަށް ނުކުންނަނީ އެކުގައި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާނެ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނީ ޕްރައިމަރީ އޮންނާނީ ޖެނުއަރީ 20, 2024ގައި ކަމަށެވެ. ޓިކެޓަށް ޝައުގުވެރިވާ ޕީޕީއެމް އަދި ޕީއެންސީގެ މެންބަރުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ޑިސެމްބަރު 20ން 31ށް ހުޅުވާލާފައިވާ ކަމަށް ވެސް އެ ކޯލިޝަނުން ބުނެއެވެ.

Advertisement

ޕީއެންސީގެ ރައީސް ކަމަށް ދާދި ފަހުން އައްޔަންކުރައްވާފައިވާ އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އެ މަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވީހާ ވެސް ގިނަ މެންބަރުން ހޮވައި މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދުން ކަމަށެވެ. މީގެ އިތުރުން، ޕީއެންސީއަށް 10،000 މެންބަރުން ހަމަަކުރަން ވެސް އެމަނިކުފާނު ވަނީ މަސައްކަތް ފައްޓަވާފައެވެ.

މިހާރު މަޖިލީހުގައި ޕީޕީއެމާއި ޕީއެންސީގެ އަށް މެންބަރުން ތިއްބަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް