ކ. މާލެ
|
2 ނޮވެންބަރ 2023 | ބުރާސްފަތި 07:18
ޒަހަމްވި ފަލަސްތީނުގެ ފިރިހެނަކާއި ކުޑަކުއްޖަކު ޣައްޒާގެ އައްޝިފާ ހޮސްޕިޓަލަށްދަނީ
ޒަހަމްވި ފަލަސްތީނުގެ ފިރިހެނަކާއި ކުޑަކުއްޖަކު ޣައްޒާގެ އައްޝިފާ ހޮސްޕިޓަލަށްދަނީ
ރޮއިޓާސް
އައްޝިފާ ހޮސްޕިޓަލްގެ ހާލަތު ގޯސްވެއްޖެ
ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލަށް ތެލުގެ ދަތިކަން ބޮޑުވެ ހާލަތު ގޯސްވެއްޖެ
ޣައްޒާގައި ދިރިއުޅޭ ގެދޮރުގެއްލިފައިވާ ބައިލައްކައެއްހާ މީހުން ދަނީ އައްޝިފާ ހޮސްޕިޓަލުން ހިޔާވަހިކަން ހޯދަމުން

ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލަށް ތެލުގެ ދަތިކަން ބޮޑުވެ ހާލަތު ގޯހުން ގޯހަށް ހިނގައްޖެ ކަމަށް ޣައްޒާގެ ސިއްޙީ އިދާރާއިން ބުނެފިއެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ ތެލުގެ ދަތިކަން ސީރިއަސް ދަރަޖައަކަށް ދިއުމުން އައްޝިފާ ހޮސްޕިޓަލުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ.

އަލްޖަޒީރާގެ ރިޕޯޓަރު ބާނާޑް ސްމިތު ބުނީ އެ ހޮސްޕިޓަލް މިހާރު ހިންގަނީ ތެޔޮ ނުލިބުމުގެ ސަބަބުން، ވެންޓިލޭޝަން، އޭ/ސީ، އޮކްސިޖަން އުފެއްދުމާއި މޯޗަރީ ފްރީޒަރުތައް މަސައްކަތްތަކަށް ޚާއްޞަ ކޮށްފައި ހުރި ބެކަޕް ޖަނަރޭޓަރެއްގައި ކަމަށެވެ. މިވަގުތު ހުރި ތެޔޮފޮދު ހުސްވުމަކާ ގާތްވެފައިވާއިރު ބެކަޕް ޖަނަރޭޓަރުވެސް ހިންގޭނީ މަދު ގަޑިއިރަކަށް ކަމަށް ރިޕޯޓަރު މައުލޫމާތު ދެއެވެ.

ބޮމުގެ ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ދިރިއުޅޭ އައްޝިފާއަށް ކުރިއަށް އޮތް ދުވަސްތަކުގައި ތެޔޮ ނުލިބިއްޖެނަމަ "ކާރިސާއެއް" ކުރިމަތިވާނެ އެވެ. ހަމާސް އަށް ތެލުން އެހީވެވިދާނެ ކަމަށް ބުނެ އިސްރާއީލުން ވަނީ ޑެލިވަރީ ކުރުން ހުއްޓުވައިފަ އެވެ.

އިސްރާއީލުގެ ހަމަލާތަކުގައި ޒަހަމްވި އެތައް ހާސް ބަޔަކަށް ތެލުގެ ދަތިކަމުގެ ސަބަބުން ފަރުވާ ދިނުމަށް ޣައްޒާގެ ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. ކަރަންޓު ނުލިބުމުގެ ސަބަބުން ވަރަށް އަވަހަށް ހޮސްޕިޓަލްތައް ބޭނުން ނުކުރެވޭ ޙާލަތަށް ހިނގައިދާނެ ކަމުގެ އިންޒާރު ޑޮކްޓަރުން ވަނީ ދީފަ އެވެ.

ޣައްޒާގެ ދެވަނައަށް އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އިންޑޮނޭޝިއާ ހޮސްޕިޓަލުން ވެސް ތެޔޮ ނުލިބުމުގެ ސަބަބުން އެ ހޮސްޕިޓަލުގެ މައި ޖަނަރޭޓަރު ހުއްޓިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ހަނގުރާމަ ހުއްޓާލުމުގެ އުއްމީދުތައް ފިލައިގެން ދިއުމާއެކު ސިއްހީ ހިދުމަތްތެރިން ބުނަނީ ހޮސްޕިޓަލްތައް ފުނޑުފުނޑުވަމުން އަންނަ ކަމަށެވެ.

އަލްޖަޒީރާގެ ނޫސްވެރިޔާ ސްމިތުގެ ހިތާމަވެރި ވާހަކައިން އެނގެނީ އިންސާނީ ކުއްލި ނުރައްކަލުގެ ހާލަތު އުފެދިފައިވާ ކަމެވެ. ކަރަންޓް ކެނޑުމުގެ ހާދިސާތައް ފެތުރެމުންދާއިރު، ޣައްޒާގައި މިހާރުވެސް ހީނަރުވެފައިވާ މެޑިކަލް އިންފްރާސްޓްރަކްޗަރުގެ ސަބަބުން އިތުބާރު ހުރި ކަރަންޓު އަލުން ނުލިބިއްޖެނަމަ އިންސާނީ ބޮޑު ކާރިސާއެއްގެ ބިރު އެބައޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް