ކ. މާލެ
|
1 ނޮވެންބަރ 2023 | ބުދަ 20:32
އާޒިމާ ޝަކޫރު
އާޒިމާ ޝަކޫރު
ރާއްޖެއެމްވީ
މާލޭގެ މޭޔަރު ކަމަށް އާޒިމާ
މާލޭގެ މޭޔަރުކަމަށް އާޒިމާ ވާދަކުރައްވަނީ
ކުރީގެ ސީޕީ ހުސައިން ވަހީދު ވެސް ވަނީ އެ ޓިކެޓުގައި މޭޔަރު ކަމަށް ވާދަކުރައްވަން ނިންމަވާފައި
ވާދަކުރައްވަން ނިންމެވީ ރައްޔިތުންނާ ގާތުން ޚިދުމަތް ކުރުމުގެ ޝައުގު ހުންނެވުމުން ކަމަށް ވިދާޅުވި

އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާ މާލޭގެ މޭޔަރުގެ ބައި އިލެކްޝަނުގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ނެރުނު ބަޔާނެއްގައި އާޒިމާ ވިދާޅުވީ މޭޔަރު ކަމަށް ވާދަކުރައްވާނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ކަމަށެވެ. އެ މަގާމަށް ވާދަކުރައްވަން ނިންމެވީ އުމުރުން 17 އަހަރުން ފެށިގެން ޤައުމީ ޚިދުމަތުގައި ދެމިހުރި ބޭފުޅަކަށްވެފައި ރައްޔިތުންނާ ގާތުން ޚިދުމަތް ކުރުމުގެ ޝައުގު ހުންނެވުމުން ކަމަށް ވިދާޅުވިއެވެ.

މާލެ ސަރަހައްދު، ހަގީގީ މާނައިގައި ތަރައްގީ ކުރުމަށް އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ ކަން ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ އެކަން ކޮށްދިނުމަށް އިސްނަންގަވަން ބޭނުންފުޅުވާކަމަށެވެ. އަދި ލާމަރުކަޒީ ގާނޫނުން ރާއްޖޭގެ ހިންގުން ބަދަލު ވިޔަސް، ރައްޔިތުންގެ ބޭނުންތަކަށް ބަދަލު ނާންނަކަމަށާއި ހިންގުމުގެ އޮނިގަނޑު ވަރުގަދަ ކުރުމުގެ ބޭނުން ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

މާލޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް މިހާރު މާލޭގެ މޭޔަރު އަދި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ ސްޓެރެޓިޖިކް އެކްޝަން ޕްލޭން ތަންފީޒުކުރައްވާނެ ކަމުގެ ޔަގީންކަންވެސް އާޒިމާ ދެއްވިއެވެ.

އާޒިމާ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މޭޔަރު ކަމަށް ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވެސް ވަނީ އެ ޓިކެޓުގައި މޭޔަރު ކަމަށް ވާދަކުރައްވަން ނިންމަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް