ކ. މާލެ
|
31 އޮކްޓޯބަރ 2023 | އަންގާރަ 07:22
ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސް
ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސް
އެމްސީއެސްގެ މަސައްކަތްތައް
އެމްސީއެސްގެ ސީނިއަރ އޮފިސަރުން ބެލްޖިއަމްގައި ބޭއްވި އައިސީޕީއޭ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެ
އެމްސީއެސްގެ ޓީމުން ބެލްޖިއަމް ޕްރިޒަން ސަރވިސް ބަލަހައްޓާ ދެ ޖަލަކަށް ޒިޔާރަތްކޮށްފައިވޭ
މި ކޮންފަރެންސް ކުރިއަށް ދިޔައީ 21 އޮކްޓޯބަރު 2023 ން ފެށިގެން 29 އޮކްޓޯބަރު 2023 އާ ހަމަޔަށް
މި ކޮންފަރެންސްގެ ތީމް އަކީ "ހިއުމޭން ކަރެކްޝަންސް: ވަޓް މޯ ކެން ވީ ޑޫ؟"

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ހަތް އޮފިސަރުންގެ ޓީމެއް، ބެލްޖިއަމްގެ އެންޓްވާޕްގައި ބޭއްވި އިންޓަރނޭޝަނަލް ކަރެކްޝަންސް އެންޑް ޕްރިޒަންސް އެސޯސިއޭޝަން (އައިސީޕީއޭ)ގެ އެނުއަލް ކޮންފަރަންސްގައި ބައިވެރިވެއްޖެއެވެ.

މި ކޮންފަރެންސް ކުރިއަށް ދިޔައީ 21 އޮކްޓޯބަރު 2023 ން ފެށިގެން 29 އޮކްޓޯބަރު 2023 އާ ހަމަޔަށެވެ. މި ކޮންފަރަންސްގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅުގެ އިތުރުން ޖަލުތަކުގެ ޑައިރެކްޓަރުންނާއި ސީނިއަރ މެނޭޖްމަންޓްގެ ހަ އޮފިސަރުން ވަނީ ބައިވެރިވެފައެވެ.

މި ކޮންފަރަންސްގައި ބައިވެރިވި އެމްސީއެސްގެ ޓީމް ސްޕޮންސަރކޮށްފައިވަނީ ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސްގެ ދަށުން ހިންގާ އިންޓަރނޭޝަނަލް ކްރިމިނަލް އިންވެސްޓިގޭޓިވް ޓްރޭނިންގ އެސިސްޓަންސް ޕްރޮގްރާމް (އައިސިޓެޕް) އާއި ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ބްރިޓިޝް ހައި ކޮމިޝަނުންނެވެ.

Advertisement

މި ކޮންފަރެންސްގެ ތީމް އަކީ "ހިއުމޭން ކަރެކްޝަންސް: ވަޓް މޯ ކެން ވީ ޑޫ؟" އެވެ.

މި ކޮންފަރެންސްގައި ޖަލުތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކާއި ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ދުނިޔޭގެ ތަރައްޤީވެފައިވާ ގިނަ ޤައުމުތަކުން ހޯދާފައިވާ ކާމިޔާބީތަކާ މެދު މައުލޫމާތު ހިއްސާކުރިއެވެ. އަދި ފަހުގެ ދިރާސާތަކުގެ އަލީގައި ހޯދާފައިވާ ހޯދުންތައް ކޮންފަރަންސްގެ ބައިވެރިންނާ ޙިއްސާކޮށްފައިވެއެވެ.

މި ދަތުރުގައި އެމްސީއެސްގެ ޓީމުން ބެލްޖިއަމް ޕްރިޒަން ސަރވިސް ބަލަހައްޓާ ދެ ޖަލަކަށް ޒިޔާރަތްކޮށްފައިވާއިރު އެކަން ކުރިއަށް ދިޔައީ ޔޫއެންއޯޑީސީގެ އެހީތެރިކަމާއި އެކުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް