ކ. މާލެ
|
30 އޮކްޓޯބަރ 2023 | ހޯމަ 08:35
އިންޑިއާގެ އަސްކަރިއްޔާގެ އޮފިޝަލުންނާ އެކު ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ރާއްޖޭގެ އަސްކަރިއްޔާގެ ބައެއް އިސްވެރިން އުތުރު ތިލަފަޅުގައި
އިންޑިއާގެ އަސްކަރިއްޔާގެ އޮފިޝަލުންނާ އެކު ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް އަދި ރާއްޖޭގެ އަސްކަރިއްޔާގެ ބައެއް އިސްވެރިން އުތުރު ތިލަފަޅުގައި
ރާއްޖެ އެމްވީ
އިންޑިޔާ ސިފައިން
ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަމެއް ދޭނީ އިންޑިއާ ސިފައިން ބޭރުކުރުން - މުއިއްޒު
ރޮއިޓަރސްގައި ބުނެފައިވަނީ ރާއްޖޭގައި 75 އިންޑިއާ ސިފައިން ތިބިކަމަށް
ސިފައިން ފޮނުވާލުމަށް އިންޑިއާއާއެކު މަޝްވަރާކުރައްވާނެކަމަށް ވިދާޅުވި

ދިވެހި ޚާރިޖީ ސިޔާސަތުގެ އެންމެ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނީ "ވީހާވެސް އަވަހަކަށް" އިންޑިއާގެ އަސްކަރީ މީހުން ފޮނުވާލުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޮއިޓަރސްއަށް ދެއްވި އިންޓަރވިއުއެއްގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިކަމަށް ލިޔެފައިވަނީ ރާއްޖޭގައި އިންޑިއާ އަސްކަރިއްޔާގެ 75 ވަރަކަށް މީހުން އެބަތިބި ކަމަށެވެ. މުއިއްޒު ވިދާޅުވެފައިވަނީ ރާއްޖެއިން އަސްކަރީ މީހުން ވީހާވެސް އަވަހަކަށް އަނބުރާ ފޮނުވާލުމުގެ ތަފްސީލުތައް ހޯދުމަށްޓަކައި އިންޑިއާއާއެކު ސީދާ އަދި ތަފްސީލީ ޑިޕްލޮމެޓިކް މަޝްވަރާތައް ބާއްވަވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ރާއްޖޭގައި ތިބި އަސްކަރީ މީހުންގެ ޙަޤީޤީ އަދަދަށް ފޯކަސް ނުކުރައްވާ ކަމަށާއި، ރާއްޖޭގައި އެއްގޮތަކަށް ވެސް އެއްވެސް މީހަކު ތިބެން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ޚުދު އެމަނިކުފާނު އިންޑިއާ ސަރުކާރާ މަޝްވަރާކޮށް އެކަމަށް ކުރިއަށްއޮތްތަނުގައި މަގެއް ހޯއްދަވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement

މުއިއްޒު ވިދާޅުވީ ރާއްޖޭގެ އަސްކަރިއްޔާއަށް ބަނދަރެއް އެޅުމަށް އިންޑިއާއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ތަފްސީލު ހޯއްދަވާނެ ކަމަށާއި، އެކަން ކުރައްވާނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލާ ގުޅޭ ކަންބޮޑުވުންތައް ސާފުކުރެއްވުމަށް ފަހު ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެކި ގައުމުތަކުގެ އެހީތެރިކަމާއެކު ގައުމުގެ ނޭވަލް ބޭސް އާއި އެހެނިހެން އަސްކަރީ ތަމްރީނު ގްރައުންޑްތައް ތަރައްޤީ ކުރަން ޖެހޭ ކަމަށާއި، ނަމަވެސް އޭގެ މާނައަކީ އޭގެ އޮޕަރޭޝަންތަކަށް ބޭރުގެ އަސްކަރީ މީހުން ބޭނުންވާ ސެޓަޕްއެއް އޮންނަން ޖެހޭ ކަމެއް ނޫން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް