Advertisement
ކ. މާލެ
|
28 އޮކްޓޯބަރ 2023 | ހޮނިހިރު 20:04
ސްކޭމް މެސެޖްތައް
ސްކޭމް މެސެޖްތައް
ޓްވީޓަރ
ސްކޭމް މެސެޖް
ކަސްޓަމްސް ފީ ދެއްކުމަށްކަމަށް ބުނެ ސްކޭމް މެސެޖްތަކެއް ދައުރުވަނީ
އެހެން ލިބޭ ކޯލުތަކަށް ޖަވާބު ނުދިނުމަށާއި، ފޮނުވާ ލިންކްތަކަށް ނުފިތުމަށް އިލްތިމާސްކޮށްފައިވޭ

ކަސްޓަމްސް ފީ ދެއްކުމަށްކަމަށް ބުނެ ސްކޭމް މެސެޖްތަކެއް ދައުރުވާން ފަށައިފިއެވެ.

ކަސްޓަމްސް ފީ ދެއްކުމަށްކަމަށް ބުނެ އެކި ނަންބަރުތަކުން ސްކޭމް މެސެޖްތައް ފޮނުވުން ގިނަވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

Advertisement

ފުލުހުން ބުނީ ކަސްޓަމްސް ފީއަށް ފައިސާ ދެއްކުމަށް ކަމަށް ބުނެ ލިންކެއް ހިމެނޭ މެސެޖެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

ސްކޭމް ކޯލުތަކަށް އާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން ތަފާތު ހަރަކާތްތައް ވެސް ކުރިއަށް ގެންދެއެވެ. އަދި އެހެން ލިބޭ ކޯލުތަކަށް ޖަވާބު ނުދިނުމަށާއި، ފޮނުވާ ލިންކްތަކަށް ނުފިތުމަށް އިލްތިމާސްކޮށްފައިވެއެވެ. ބީއެމްއެލުން ބުނީ އެސްއެމްއެސް މެދުވެރިކޮށް ވެސް މަކަރާއި ހީލަތުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ކަސްޓަމަރުންގެ އިންޓަރނެޓް ބޭންކިންގ މައުލޫމާތު ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް