Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2023 | ބުދަ 14:03
މޯލްޑިވްސް ބްރެއިން ސްޕައިން ކޮންފަރެންސް 2023
މޯލްޑިވްސް ބްރެއިން ސްޕައިން ކޮންފަރެންސް 2023
އަދަދު
މޯލްޑިވްސް ބްރެއިން ސްޕައިން ކޮންފަރެންސް 2023
"މޯލްޑިވްސް ބްރެއިން ސްޕައިން ކޮންފަރެންސް 2023" ފަށައިފި
މިއީ މި ކޮންފަރެންސް ބާއްވާ ފަސްވަނަ އަހަރު
މި ކޮންފަރެންސްގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަން މި ކޮންފަރެންސް ފަށްޓަވާދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މި ކޮންފަރެންސްގެ ވޯކްޝޮޕްތަކާއި ސެޝަންތައް ބުދަ އަދި ބުރާސްފަތި ދުވަހު ކުރިއަށްދާނެ

"މޯލްޑިވްސް ބްރެއިން ސްޕައިން ކޮންފަރެންސް 2023" ފަށައިފިއެވެ.

ބުދަ ދުވަހު ފެށި މި ކޮންފަރެންސް އަކީ އޭޑީކޭ ހޮސްޕިޓަލުގެ ނިއުރޯސާޖަރީ ޓީމުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވާމުންގެންދާ ކޮންފަރެންސްއެކެވެ.

މި ކޮންފަރެންސްގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަން މި ކޮންފަރެންސް ފަށްޓަވާދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ. އަދި މި ކޮންފަރެންސްގައި އޭޑީކޭ ގުރޫޕްގެ ޗެއާމަން އަދި ޗީފް އެގްޒެކެޓިވް އޮފިސަރު އަހުމަދު ނާޝިދާއި އަދި އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ މި ކޮންފަރެންސް ބާއްވާ ފަސްވަނަ އަހަރުކަމަށް އޭޑީކޭ ގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވިއެވެ.

Advertisement

މިފަދަ ކޮންފަރެންސެއް އޭޑީކޭން އެންމެ ފުރަތަމަ ބާއްވާފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި އެ ކޮންފަރެންސް ހާއްސަކޮށްފައިވަނީ މައިބަދައިގެ ބަލިތަކަށެވެ. އަދި އެ ކޮންފަރެންސްގެ ތެރެއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ލައިވް ސާޖަރީއެއް ފުރިހަމަކޮށްފައިވެއެވެ. މީގެއިތުރުން 2018 އަދި 2019 ވަނަ އަހަރުގެ ކޮންފަރެންސް ޚާއްސަކޮށްފައިވަނީ ނާރުގެ ބަލިތަކަށްށެވެ.

މި ކޮންފަރެންސްގެ ވޯކްޝޮޕްތަކާއި ސެޝަންތައް ބުދަ އަދި ބުރާސްފަތި ދުވަހު ކުރިއަށްދާނެކަމަށް އޭޑީކޭ އިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް