Advertisement
ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 17:41
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
ރާއްޖެއެމްވީ
ފާރިސް ހައްޔަރުކުރުން
ފާރިސްއަށް ހިންގަމުންދަނީ އިންސާފުވެރި ޝަރީއަތަކޭ ބުނާ މީހުންނަށް މާދަމާވެސް މިސަރުކާރުން އަނިޔާވެރިވެދާނެ: ޝާހިދު
ހައްގާއި އިންސާފުން ކެރިވަޑައިގެން ވާހަކަދައްކަވަން ޖެހޭ
ޤާނޫނު އަސާސީއެއްވެސް އަދި ރައްޔިތުންގެ މަޖިލީހެއްވެސް ނެތް
މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނަވާ ބޭފުޅަކަށް މެމްބަރުންގެ އިތުބާރު ނެތް ހިސާބަށް ދިޔުމުން އަމިއްލަ ފުޅަށް އިސްތިއުފާދެއްވާފައި ވަޑައިގަންނަވަން ޖެހޭ

ފާރިސް މައުމޫނުގެ މައްޗަށް ނުހައްގު ދައުވާ ހިނގަމުންދާއިރު އެކަން އެދަނީ އިންސާފުންނޭ ވިދާޅުވެ ހަމަޖެހިވަޑައިގެން ތިއްބެވި ބޭފުޅުންނާއި ދޭތެރޭ މާދަމާވެސް މިސަރުކާރުން އަނިޔާވެރިވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

 

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނުގެ ޝަރީއަތް ކުރިޔަ ދިޔަ ވަގުތު ކްރިމިނަލް މޯޓު ކައިރީގައި ހުންނަވައިގެން ނޫސްވެރިންނާއި ވާހަކަދައްކަވަމުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ޝާހިދު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް ހުކުމްކުރި އިރު އެތައް ހާސް ބަޔަކު މަގު މައްޗަށް ނިކުމެ އަޑުއުފުލި ކަމަށެވެ. އަދި އޭގެތެރެއިން އެތަށް ބަޔަކަށް އަނިޔާދެމުންގެންދާކަމަށާއި، އޭގެ ފަހުންވެސް އެތަށް ސިޔާސީ ލީޑަރުންނަށް އެކިވަރުގެ އަނިޔާތައް ދެމުންގެންދާ ކަމަށެވެ.

 

އެހެންކަމުން އެފުރުޞަތު މިސަރުކާރަށް ދޭން ނުޖެހޭ ކަމަށާއި ހައްގާއި އިންސާފުން ކެރިވަޑައިގެން ވާހަކަދައްކަވަން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

 

ޝާހިދު ވިދާޅުވީ މިއަދު ޤާނޫނު އަސާސީއެއްވެސް އަދި ރައްޔިތުންގެ މަޖިލީހެއްވެސް ނެތް ކަމަށެވެ. އަދި މިއަދު ދިވެހިންނަށް އޮތް ހުރިހާ ވެސް ހިތާމައަކީ ޤާނޫނު އަސާސީއެއްވެސް އަދި ރައްޔިތުންގެ މަޖިލިހެއް ނެތުން ކަމަށާއި މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނަވާ ބޭފުޅަކަށް މެމްބަރުންގެ އިތުބާރު ނެތް ހިސާބަށް ދިޔުމުން އަމިއްލަ ފުޅަށް އިސްތިއުފާދެއްވާފައި ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

 

ޝާހިދު ވިދާޅުވީ، މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ނައިބް ރައީސް މޫސާ މަނިކު ސޮއިކުރައްވާ ބޭރު ކުރެއްވީ ޤާނޫނު އަސާސީއާއި ޚިލާފަށް ކަމަށާއި ޖަލްސާއާ މެދު ކަން ކުރި ގޮތް މަޖިލިހުގެ އަމީންއާންމު އަހުމަދު މުހައްމަދާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ރައްޔިތުންނަށް އަންގަވަން ޖެހޭނެ ކަމަށެވެ.

 

މަސީހުގެ ޖަލްސާ ކެންސަލްކުރީ، 42 މެމްބަރުންގެ ސޮއި ހަމަނުވާކަމަށް ބުނެ އެވެ. ޖުމްލަ 45 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅި މައްސަލާގައި އެގޮތަށް ނިންމީ، ސުޕްރީމް ކޯޓުގެ ހުކުމާ އެކު އޭގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެންގުމުންނެވެ. އޭގެ ފަހުން އިތުރު ދެ މެމްބަރެއްގެ ގޮނޑި ވެސް ގެއްލިއްޖެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް