ކ. މާލެ
|
25 އޮކްޓޯބަރ 2023 | ބުދަ 08:44
މާރާމާރީ ހިންގާފައިވަނީ ކެނެރީ މަގުގައި - ފައިލް ފޮޓޯ
މާރާމާރީ ހިންގާފައިވަނީ ކެނެރީ މަގުގައި - ފައިލް ފޮޓޯ
ރާއްޖެއެމްވީ
މާރާމާރީ ހިންގުން
މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި
ހައްޔަރުކުރީ މާރާމާރީގައި އިސްކޮށް ހުރި މީހާ
މިކަން ހިނގާފައިވަނީ ރޭ 10:05 ހާއިރު

ކެނެރީ މަގުގައި މާރާމާރީ ހިންގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ ކެނެރީ މަގުގައި މާރާމާރީ އެއް ހިންގާކަމަށް އަންގާރަ ދުވަހުގެރޭ 10:05 އެހާކަންހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Advertisement

އަދި މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ދިވެހި ފިރިހެނަކު ގެނެސްފައިވާ ކަމަށެވެ. ފުލުުހުން ބުނީ މި މާރާމާރީއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މަންޒަރު ދުށް މީހަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ، ކެނެރީ މަގުގައި މާރާމާރީ ހިންގާފައިވަނީ ހައްޔަރުކުރި މީހާއާއި އިތުރު ބައެއް ވެގެން ކަމަށެވެ. އަދި ހައްޔަރުކުރީ މި މާރާމާރީ ހިންގި އިރު އެކަމުގައި ބައިވެރި މީހެއް ކަމަށެވެ. މައުލޫމާތު ދިން މީހާ ބުނި ގޮތުގައި ހައްޔަރުކޮށްފައިވަނީ ވެސް މާރާމާރީގައި އިސްކޮށް ހުރި މީހާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް