Advertisement
ކ. މާލެ
|
24 އޮކްޓޯބަރ 2023 | އަންގާރަ 09:00
އިންތިޚާބީ ރައީސް ޑރ.މުއިއްޒު
އިންތިޚާބީ ރައީސް ޑރ.މުއިއްޒު
ޕީއެސްއެމް
ރާއްޖެ - އިންޑިއާ
އިންޑިއާ އާއި އެކު ރާއްޖެއިން ފަހުގެ ތާރީހުގައި ހަދާފައިވާ އެއްބަސްވުންތައް ރިވިއުކުރަން ބޭނުން - ޑރ. މުއިއްޒު
ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދާން ޖެހޭނެކަން ވަރަށް ސާފުކޮށް ދަންނަވާފައިވާނެ ކަަމަށް މުއިއްޒު ވިދާޅުވި
ކަންބޮޑުވަކީ ހަމައެކަނި އެއަރކްރާފްޓްގެ މައްސަލައިގައި ނޫން ކަަމަށް މުއިއްޒު ވިދާޅުވި
ބައިނަލްއަޤުވާމީ މައިދާނުގެ ބާރުވެރިކަން ހޯދުމަށް ގައުމުތަކުން ކުރާ މަސައްކަތުގެ ތެރޭގައި ތާށިވާ ވަރަށް ވުރެ ރާއްޖެ ކުޑަ ކަމަށް މުއިއްޒު ވިދާޅުވި

އިންޑިއާ އާއި އެކު ރާއްޖެއިން ފަހުގެ ތާރީހުގައި ހަދާފައިވާ އެއްބަސްވުންތައް ރިވިއުކުރަން ބޭނުންފުޅުވާ ކަމަށް އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު އެފަދައިން ވިދާޅުވީ ބީބީސީ އަށް އެމަނިކުފާނު ދެއްވި އިންޓަރވިއުއެއްގައެވެ.

ބީބީސީން ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާއި މެދު މުއިއްޒުގެ ހުރި ކަންބޮޑުވުންތައް އެމަނިކުފާނާއި ހަވާލާދީ ބަޔާންކޮށްފައެވެ. މުއިއްޒު ވަނީ ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރު އާއި ދާދިފަހުން ބައްދަލުވެވަޑައިގެންފައިވާ ކަމަށާއި ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދާން ޖެހޭނެކަން ވަރަށް ސާފުކޮށް ދަންނަވާފައިވާނެ ކަަމަށް ވިދާޅުވެފައެވެ.

Advertisement

އެ އިންޓަރވިއުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ތިބީ މައިގަނޑު ގޮތެއްގައި ސަރޗް އެންޑް ރެސްކިއު އަށް ބޭނުން ކުރަމުންދާ މަތިންދާ ބޯޓްގެ މަސައްކަތްތަކަށް ކަމަށް ބުނަމުންދާތީ އެކަމާއި ގުޅޭ ގޮތުން މުއިއްޒު އާއި ސުވާލުކުރައްވާފައިވެއެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ކަންބޮޑުވުމަކީ ހަމައެކަނި އެއަރކްރާފްޓްގެ މައްސަލައިގައި ނޫން ކަަމަށާއި ފާއިތުވެ ދިޔަ އަހަރުތަކުގައި އިންޑިއާ އާއި އެކު ހަދާފައިވާ އެއްބަސްވުންތައް ރިވިއުކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް މުއިއްޒުވަނީ ވިދާޅުވެފައެވެ. އެ އެގްރީމެންޓްތަކުގައި ހުރީ ކޯޗެއްކަން ސާފު ނުވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން މަޖިލީހުގެ މެމްބަރުން ވެސް މަޖިލީހުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން އެ އެގްރީމެންޓްތަކުގައި ހުރި އެއްޗެއް ސާފު ނުވާކަމަށް ވިދާޅުވެފައިވާކަން މުއިއްޒުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެކަންކަން ކުރިއަށް އޮތްތަނުގައި އެނގިވަޑައިގަންނަވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އަދި އެމަނިކުފާނަކީ ޗައިނާ ޕްރޯ ނުވަތަ ޗައިނާ އާއި ގާތް ރައީސަކަށް ވާނެ ކަަމަށް ބުނާ ވާހަކަތަކަށް ވެސް ރައްދު ދެއްވިއެވެ. މުއިއްޒު ވިދާޅުވީ ރާއްޖެ އަކީ ވަރަށް ކުޑަ ކުޑަ ޤައުމެއް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ އިންޑިއާ އާއި ޗައިނާ އާއި މެދު މަޝްރަހު ހޫނުވާ ދަނޑިވަޅުގައި ރާއްޖެ ނުރައްކަލަށް ހުށަހެޅިދާނެ ކަމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެއަކީ ބައިނަލްއަޤުވާމީ މައިދާނުގެ ބާރުވެރިކަން ހޯދުމަށް ގައުމުތަކުން ކުރާ މަސައްކަތުގެ ތެރޭގައި ތާށިވާ ވަރަށް ވުރެ ކުޑަކުޑަ ޤައުމެއް ކަަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް