Advertisement
ކ. މާލެ
|
5 ނޮވެންބަރ 2023 | އާދީއްތަ 23:11
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު
މިހާރު
އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު
އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވަނީ ވަކި ބޭފުޅަކަށް ނޫން: ފިރުޒުލް
ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅަކު ކަނޑައަޅުއްވަނީ އެ ޤައުމެއްގެ ސަރުކާރުން
ޖަލްސާގައި ބައިވެރިވުމަށް ރާއްޖެއާއި ގާތް ގުޅުން އޮންނަ ޤައުމުތަކުގެ އިތުރުން އަވަށްޓެރި ޤައުމުތަކަށްވެސް ދައުވަތު ފޮނުވާފައިވާނެ
ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދައުވަތު ދެއްވަން ބޭނުންފުޅުވާކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފަ

އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވަނީ ވަކި ބޭފުޅަކަށް ނޫންކަމަށާއި، ޤައުމުތަކަށް ކަމަށް އިންތިގާލީ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

ފިރުޒުލް މިހެން ވިދާޅުވީ، ބައެއް ޤައުމުތަކުގެ ރައީސުންނަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވަމުންދާކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

އެގޮތުން، ރާއްޖެއެމްވީ އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިރުޒުލް ވިދާޅުވީ، އިންތިޚާބީ ރައީސް ގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވަނީ ގައުމުތަކަށް ކަމަށާއި، ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅަކު ކަނޑައަޅުއްވަނީ އެ ޤައުމެއްގެ ސަރުކާރުންކަމަށެވެ.

Advertisement

އެގޮތުން، އެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނީ އެ ޤައުމެއްގެ ރައީސް ތޯ ނުވަތަ އެހެން ބޭފުޅަކު ތޯ ވެސް ކަނޑައަޅާނީ އެ ޤައުމަކުންކަމަށް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ، އެ ޖަލްސާގައި ބައިވެރިވުމަށް ރާއްޖެއާއި ގާތް ގުޅުން އޮންނަ ޤައުމުތަކުގެ އިތުރުން އަވަށްޓެރި ޤައުމުތަކަށްވެސް ދައުވަތު އަރުވާފައިވާނެކަމަށެވެ.

ފިރުޒުލް މިހެން ވިދާޅުވެފައިވާއިރު، ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދައުވަތު އަރުވަން އެމަނިކުފާނު ބޭނުންފުޅުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް