ކުރީގެ ރައީސް މައުމޫނު ގައުމަށްޓަކައި ސީދާ ހަރަކާތަށް ނިކުމެވެޑައިގެންފި ކަމަށް ވިދާޅުވެ އެމނިކުފާނަށް ރައީސް ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އާދިއްތަ ދުވަހު ކުރެއްވި ޓުވީޓެއްގައެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓުގައި ފާރިސް މައުމޫނުގެ ޝަރީއަތް އަޑު އެއްސެވުމަށް ރައީސް މައުމޫނު ކްރިމިނަލް ކޯޓަށް ވަޑައިގެންނެވި ފޮޓޯއެއް ވަނީ އެޓޭޗްކުރައްވާފައެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އިރާދަފުޅާއެކު އެމްޕީ ފާރިސް މައުމޫނު ނުހިފެހެއްޓޭނެ ކަމަށެވެ.
Raees @maumoonagayoom qaumahtakai seedhaa harakaathah nukumevadaigenfi. Marhaba! Iraadhafulhun MP @afarismaumoon eh nuhifeheteyne. pic.twitter.com/kurpTyzLcf
— Mohamed Nasheed (@MohamedNasheed) July 23, 2017
ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސު އޮޅުވާލުމުގެ ކުށުގެ ދައުވާގެފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ ކޮށްފައި ވަނީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާ ކަމަށްބުނެ އެވެ.
ފާރިސްގެ މައްޗަށް ކުރި އެ ދައުވާގައި ބުނެފައި ވަނީ ޕީޕީއެމްއިން ފާރިސް ވަކިކޮށްފައިވަނިކޮށް، އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއި އެ ޕާޓީގެ ކައުންސިލުގެ ހުއްދަ ހޯއްދެވުމެއް ނެތި، 22 މާޗް ވަނަ ދުވަހު މޫކައި ސޫޓްސްގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި އެ ޕާޓީގެ ނަމުގައި ފާރިސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.
އެންމެ ފަހުން ބޭއްވި އިބްތިތާއީ އަޑުއެހުމުގައި އެ ދައުވާއަށް ފާރިސް ވަނީ އިންކާރު ކުރައްވާފަ އެވެ. އެހެން ކަމުން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކީގެ ގޮތުގައި ދައުލަތުން ދެ ހެއްކެއް ހުށަހަޅާ ކަމަށް ވަނީ ބުނެފަ އެވެ.
އަދި އެ ހެކިންގެ ހެކި ބަސް ނަގަން ހުށަހަޅަނީ ސިއްރުކޮށްގެން ދައުލަތުގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ. ފާރިސްގެ މައްޗަށް ޝަޚްސް އޮޅުވާލުމުގެ ދައުވާކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ.