ކ. މާލެ
|
23 އޮކްޓޯބަރ 2023 | ހޯމަ 12:57
މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ
މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީ
މަޖުލިސް
2024 މަޖިލިސް އިންތިޚާބު
2024ގެ މަޖިލީހުގެ އިންތިޚާބަށް ޕީއެންސީގެ ސަރުކާރުން ނުފޫޒު ފޯރުވާތަން ފެންނާނެ: މެންބަރު ރާއީ
އިންތިޚާބުތަކާއި ދިމާކޮށް ކެންޕޭނަށް ރަށްރަށަށް ގޮސް ވަކި ކެންޑިޑޭޓަށް ވޯޓު ދިނުމަށް މަޖުބޫރު ކުރޭ
މި މައްސަލައަށް ހައްލު ގެނައުމަށް މަޖިލީހުގެ ތެރެއިން ވެސް ކުރެވޭނެ ކަންކަން ބަލަންޖެހޭ
އިންތިޚާބަށް ނުކުންނަ ކެންޑިޑޭޓެއްގެ ގާބިލްކަމުން އޭނަ އެމަގާމަށް ހޮވޭނެ ގޮތަށް ގާނޫނުތަކާއި އުސޫލުތައް ބައްޓަންކުރަން ޖެހޭ

2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ޕީއެންސީގެ ސަރުކާރުން ނުފޫޒު ފޯރުވާތަން ފެންނާނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުށަހަޅުއްވާފައިވާ، އިންތިޚާބުތަކަށް ސަރުކާރުން ނާޖާއިޒު ނުފޫޒާއި ބާރުފޯރުވަމުންދާތީ، އިންތިޚާބުތައް އިންސާފުވެރިކުރުމަށާއި މިނިވަންކުރުމަށް ވެފައިވާ ވައުދާ އެއްގޮތަށް ސަރުކާރުން ކަންކަން ތަންފީޒުކޮށް މަގުފަހިކުރުމަށް ގޮވާލާފައިވާ ގަރާރުގެ ބަހުސްގައި ވާހަކަފުޅުދައްކަވަމުން މެންބަރު ރާއީ ވިދާޅުވީ ކޮންމެ އިންތިޚާބަކާއި ގުޅިގެން އެއިރެއްގައި އޮންނަ ސަރުކާރަކުން އިންތިޚާބަށް ނުފޫޒު ފޯރުވާ ކަމަށް އަޑު ފެތުރޭ ކަމަށެވެ. އަދި ކުރިއަށް އޮތް 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބަށް ސަރުކާރުގެ ނުފޫޒު ވަންނަތަން މިހާރު ވެސް ފެންނަމުންދާ ކަމަށް މެންބަރު ރާއީ ވިދާޅުވިއެވެ.

Advertisement

އޭނާ ވިދާޅުވީ އިންތިޚާބުތަކާއި ދިމާކޮށް ކެންޕޭނަށް ރަށްރަށަށް ގޮސް ވަކި ކެންޑިޑޭޓަށް ވޯޓު ދިނުމަށް މަޖުބޫރު ކުރާ ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުންވާނަމަ ސަރުކާރުން ނެރޭ ކެންޑިޑޭޓް ހޮވަންޖެހޭ ކަމަށް އަންގާ ކަމަށް މެންބަރު ރައީ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއުސޫލުތައް ބަދަލުކުރަންޖެހޭ ކަމަށާއި، މިމައްސަލައަށް ހައްލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް ކުރެވޭނެ ކަންކަން ބަލަންޖެހޭ ކަމަށެވެ.

އަޅުގަނޑު މިއަދު މިދައްކާ ވާހަކަ ކުރިއަށް މިއޮތް 2024 ގެ މަޖިލީހުގައި ޕީއެންސީގެ ސަރުކާރުން ޕީއެންސީގެ ރައީސުލްޖުމްހޫރިއްޔާ ކުރައްވާތަން އަޅުގަނޑުމެންނަށް ފެނިގެންދާނެ. މިސަރުކާރުން ވެސް ތެރެއިން ވެސް އެކަންތައް ފެނިގެންދާނެ. މި މަޖިލިސް ތެރެއިން އެބަ ޖެހޭ ގޮތްތަކެއް ހޯދަން. އިންތިޚާބުގެ ތެރޭގައި އެޕާޓީއެއްގެ މެނިފެސްޓޯ ނޫނިއްޔާ އެކެންޑިޑޭޓެއްގެ ގާބިލްކަން ނޫނިއްޔާ ޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތުން އެކެންޑިޑެޓުން ހޮވަން މަސައްކަތް ކުރުން. އޭގެ ބަދަލުގައި ސަރުކާރުން އެސްއޯއީތަކުގެ ވެރިންނާއި ބޯޑުމެންބަރުންނާއި، ވަޒީރުންނާއި ނުވިތާކަށް ރައީސުލްޖުމްހޫރިއްޔާ އެ ކެންޑިޑޭޓު ކުރިލާގެން ގޮސްފައި މީނަ ހޮވާގެންނޭ މިކަން ކޮށްދެވޭނީ. އެހެން ނޫނިއްޔާ މިކަން މިރަށަކަށް ނުވާނެއޭ ބުނެފައި ބިރު ދައްކާ.
މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ

މެންބަރު ރައީ ވިދާޅުވީ އިންތިޚާބަށް ނުކުންނަ ކެންޑިޑޭޓެއްގެ ގާބިލްކަމުން އޭނަ އެމަގާމަށް ހޮވޭނެ ގޮތަށް ގާނޫނުތަކާއި އުސޫލުތައް ބައްޓަންކުރަން ޖެހޭ ކަމަށެވެ. އެހެންނޫން ނަމަ އިންތިޚާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވަން ކުރާ މަސައްކަތަށް ހައްލެއް ނުހޯދާނެ ކަމަށް މެންބަރު ރައީ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް