Advertisement
ކ. މާލެ
|
23 ޖުލައި 2017 | އާދީއްތަ 11:07
ރައީސް މައުމޫނު ކްރިނަލް ކޯޓަށް ވަޑައިގަަންނަވަނީ
ރައީސް މައުމޫނު ކްރިނަލް ކޯޓަށް ވަޑައިގަަންނަވަނީ
ރާއްޖެއެމްވީ
ފާރިސް މައުމޫނު
ފާރިސް މައުމޫނުގެ ޝަރީއަތް އަޑުއެއްސެވުމަށް ރައީސް މައުމޫނު ކްރިމިނަލް ކޯޓަށް ވަޑައިގެންފި
ފާރިސް ބަންދުގައި ބަހައްޓާފައި ހުރީ ޤާނޫނާ ޚިލާފް ތަނެއްގައި
ކްރިމިނަލް ކޯޓުގެ އަމުރު މުރާޖައާ ކުރުމަށް ވަނީ އެދިފައި
ފާރިސްގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ ނިންމާފައި

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނުގެ ޝަރީއަތުގެ އަޑުއެހުމަށް އެމަނިކުފާނުގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ކްރިމިނަލް ކޯޓަށް ވަޑައިގަންނަވައިފިއެވެ.

 

ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަޚްސް އޮޅުވާލުމުގެ ކުށުގެ ދައުވާގެ އަޑުއެހުން ތާވަލްކޮށްފައިވަނީ އާދިއްތަ ދުވަހުގެ 11.30 އަށެވެ. 

 

ރައީސް މައުމޫނު އަޑު އެއްސެވުން ނިންމަވާލެއްވުމަށްފަހު ނިކުމެވެވަޑައިގެންވެނީ މެންދުެު 12:45 ހާއިރު އެވެ. އަދި ކްރިމިނަލް ކޯޓް ސަރަހައްދުގައި އެއްވެފައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ބައްދަލުކުރެއްވި އެވެ. 

 

ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ ކޮށްފައިވަނީ ޕީޕީއެމްގެ ދިދައާއި ލޯގޯ ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާ ކަމަށްބުނެ އެވެ. ފާރިސްގެ މައްޗަށް ކުރި އެ ދައުވާގައި ބުނެފައިވަނީ ޕީޕީއެމްއިން ފާރިސް ވަކިކޮށްފައިވަނިކޮށް، އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ ކައުންސިލުގެ ހުއްދަ ހޯއްދެވުމެއް ނެތި، މާޗް 22 ވަނަ ދުވަހު މޫކައި ސޫޓްސްގައި ބޭއްވި ޕްރެސް ކޮންފެރެންސްގައި އެ ޕާޓީގެ ނަމުގައި ފާރިސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ. 

 

އެންމެ ފަހުން ބޭއްވި އިބްތިތާއީ އަޑުއެހުމުގައި އެ ދައުވާއަށް ފާރިސް ވަނީ އިންކާރު ކުރައްވާފަ އެވެ. އެހެން ކަމުން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކީގެ ގޮތުގައި ދައުލަތުން ދެ ހެއްކެއް ހުށަހަޅާ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ހެކިންގެ ހެކި ބަސް ނަގަން ހުށަހަޅަނީ ސިއްރުކޮށްގެން ދައުލަތުގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ.

 

އަދި ޕީޕީއެމްއިން ފާރިސް ވަކިކޮށް، އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ނަން އުނިކޮށްފައިވާކަން ހާމަކޮށްދޭ އިލެކްޝަންސް ކޮމިޝަނުގެ ސިޓީއަކާއި، ޕްރެސް ކޮންފަރެންސްގެ ވީޑިއޯ ގަރީނާގެ ގޮތުގައި ދައުލަތުން ވަނީ ހުށަހަޅާފަ އެވެ.

 

އިބްތިދާއީ އަޑުއެހުމުގައި ދަޢުވާއާއި ދައުވާއާ ގުޅޭ އެންމެހައި ލިޔެކިޔުމުގެ ކޮޕީ ދަޢުވާ ލިބޭ ފަރާތަށް ލިބިފައިވާކަން ކަށަވަރުކުރުމާއި، ދަޢުވާ ލިބޭ ފަރާތުގެ މައްޗަށް ކުރެވޭ ދަޢުވާއަކީ ކޮބައިކަން އޭނާއަށް ސާފުކޮށްދިނުމާއި، ދިފާޢީ ވަކީލަކު ނުވަތަ ތަރުޖަމާނަކު ހޯދާފައިނުވާނަމަ، އެކަން ކުރަން ފުރުސަތުދިނުމާއި، ދައުވާއަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދަޢުވާ ލިބޭ ފަރާތަށް ދިނުމާއި، ޝަރީޢަތް ހިންގުމަށް ބޭނުންވާ މަޢުލޫމާތާއި ލިޔުންތައް ހާމަކޮށް، ދަޢުވާއައިގެން ކުރިއަށްދާނެ ތަނެއް އޮތްތޯ ކަނޑައެޅުމާއި، ޝަރީޢަތުގެ ކުރިން ހުށަހެޅޭ ހުށަހެޅުންތައް ހުށަހެޅުމަށް ދެވޭނެ މުއްދަތު ކަނޑައެޅުމުގެ އިތުރުން، ޝަރީޢަތުގެ ކުރިން ހުށަހެޅޭ ހުށަހެޅުންތަކާގުޅޭ އަޑުއެހުންތައް ބޭއްވުމަށާއި، ޝަރީޢަތުގެ އަޑުއެހުންތައް ބާއްވާނެ ތާރީޚުތަކާއި ގަޑި ކަނޑައަޅައި ތާވަލުކުރުން ހިމެނެ އެވެ.

 

އިބްތިދާއީ އަޑުއެހުމުގައި ދައުވާއައިގެން ކުރިއަށް ދިއުމަށް ކަނޑައަޅައިފިނަމަ، ޝަރީޢަތުގައި މަޢުޟޫޢީ ގޮތުން ބެލުމަކާ ނުލައި އެއާމެދު ގޮތެއް ނިންމޭނެ ދިފާޢެއް، ނުވަތަ އިޢުތިރާޒެއް، ނުވަތަ ހުށަހެޅުމެއް، މައްސަލައިގައި ހިމެނޭ ފަރާތަކަށް ޝަރީޢަތް ފެށުމުގެ ކުރިން ކޯޓަށް ހުށަހެޅުމުގެ ހައްގު ލިބިގެންވެއެވެ. ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ އެންމެހާ ހުށަހެޅުމެއް 30 ދުވަސް ކުރިން ހުށަހަޅަންޖެހެ އެވެ. އެ މުއްދަތުގައި ޝަރީއަތުގެ އަޑުއެހުންތައް ބާއްވާނެ ގޮތެއް ފަނޑިޔާރު ނިންމަންޖެހެ އެވެ.

 

ފާރިސްގެ މައްޗަށް ޝަޚްސް އޮޅުވާލުމުގެ ދައުވާކޮށް، އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އެވެ. 

 

މި ދައުވާގެ އިތުރުން ފާރިސްގެ މައްޗަށް ރިޝްވަތު ދިނުމުގެ ތުހްމަތުވެސް ކޮށްފައިވެ އެވެ. ރިޝްވަތު ދިނުމުގެ ތުހްމަތުކޮށް ފާރިސް ހައްޔަރުކުރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް