ކ. މާލެ
|
19 އޮކްޓޯބަރ 2023 | ބުރާސްފަތި 23:51
އޭސީސީ
އޭސީސީ
އޭސީސީ
ކޮރަޕްޝަންގެ މައްސަލަތައް
ފެނަކަ ކޯޕަރޭޝަނާޢި ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލަ އެއް އޭސީސީން ބަލަނީ
އޭސީސީން އެ ކޯޕަރޭޝަންގެ މައްސަލަ އެއް ބަލާކަން ހާމަކުރީ ބުރާސްފަތި ދުވަހު
އެ މައްސަލަ އަކީ ބައެއް ރަށްރަށުގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކުތައް އައުކުރުމަށް ބޭނުންވާ ސާމާނު ގެނައުމާ ގުޅޭ މައްސަލައެއް
އެކަމާ ގުޅިގެން އެ ކުންފުނިން ކުރިޔަށް ގެންދާ އެންމެހައި ކަންކަން ކުރިޔަށް ނުގެންގޮސް މަޑުޖައްސައިލުމަށް އޭސީސީން ވަނީ އަންގާފަ

ފެނަކަ ކޯޕަރޭޝަނާޢި ގުޅުން ހުރި ކޮރަޕްޝަންގެ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަން، އޭސީސީން ބަލަން ފަށައިފިއެވެ.

އޭސީސީން އެ ކޯޕަރޭޝަންގެ މައްސަލައެއް ބަލާކަން ހާމަކުރީ ބުރާސްފަތި ދުވަހުއެވެ.

އެ މައްސަލަ އަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ޚިދުމަތްދޭ ބައެއް ރަށްރަށުގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކުތައް އައުކުރުމަށް ބޭނުންވާ ސާމާނު ގެނައުމާ ގުޅޭ މައްސަލައެއް ކަމަށް ވެސް އޭސީސީން ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން ތެޔޮ ރައްކާކުރާ ޓޭންކުތައް އައުކުރުމާއި އެކަމާ ގުޅިގެން އެ ކުންފުނިން ކުރިޔަށް ގެންދާ އެންމެހައި ކަންކަން ކުރިޔަށް ނުގެންގޮސް މަޑުޖައްސައިލުމަށް އޭސީސީން ވަނީ އަންގާފައެވެ.

މި މައްސަލަ ބަލަން ފެށީ އޭސީސީގެ އަމިއްލަ އިސްނެގުމުގެ މަތިންކަން ނުވަތަ އެ އިދާރާ އަށް ހުށަހެޅި ޝަކުވާއަކާއި ގުޅިގެންކަން އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް