Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2023 | ބުދަ 16:57
ކިންގ ސަލްމާން މިސްކިތުގައި ނަމާދުކުރަނީ
ކިންގ ސަލްމާން މިސްކިތުގައި ނަމާދުކުރަނީ
އިސްލާމިކް މިނިސްޓްރީ
ހުރިހާ މިސްކިތެއްގައި ގުނޫތު ނާޒިލާ ކިޔުން
ރާއްޖޭގެ ހުރިހާ މިސްކިތެއްގައި، ކޮންމެ ނަމާދެއްގައި ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި
މިނިސްޓްރީން ވަކި ގޮތަކަށް އަމަލުކުރުމަށް އަންގަންދެން އެކަން ކުރިއަށް ގެންދިއުމަށް އެ ސަރކިއުލަރގައި ވަނީ ބުނެފައި
ޣައްޒާގެ 3000ށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، އޭގެތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިން

ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރު ދެއްވުން އެދި، ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

ބުދަ ދުވަހު އިސްލާމިކް މިނިސްޓްރީން ނެރުނު ސަރކިއުލަރއެއްގައި ވަނީ، ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަކުން ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރު ދެއްވުން އެދި، ބުދަ ދުވަހުގެ މެންދުރު ނަމާދުން ފެށިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގައި، ފަރުޟު ފަސް ނަމާދުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ގުނޫތު ނާޒިލާ ކިޔުމަށެވެ. އަދި މިނިސްޓްރީން ވަކި ގޮތަކަށް އަމަލުކުރުމަށް އަންގަންދެން އެކަން ކުރިއަށް ގެންދިއުމަށް އެ ސަރކިއުލަރގައި ވަނީ ބުނެފައެވެ.

Advertisement

އިސްރާއީލުގެ ޔަހޫދީންގެ ހައްދުފަހަނައަޅާފައިވާ ލާއިންސާނީ އަނިޔާތައް ދުވަހެއް ދުވަހަކަށް ވަރުގަދަކުރަމުން ގޮސް މުޅި ޣައްޒާ އެއްކޮށް ވަނީ ސުންނާފަތިކޮށްފައެވެ. އަދި މި ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 3000ށްވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް