Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2023 | އަންގާރަ 13:11
ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުން
ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުން
ބ. ކަމަދޫ ބަނދަރު
ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި - އެމްޓީސީސީ
މި މަޝްރޫއަކީ 51.4 މިލިއަން ރުފިޔާގެ މަޝްރޫޢެއް
78 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފަ
187 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ހަމަޖެހިފައި

ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި ކަމަށް އެ މަސައްކަތް ކުރަމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި އެ މަސައްކަތުގެ 78 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި ޖެޓީ ހެދުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިމިފައެވެ. މީގެ އިތުރުން މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ހަތަރުވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ.

މި މަޝްރޫޢުގެ ދަށުން، 30,122 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 187 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ދެ ރޭމްޕް ހެދުމާއި، 80 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

އަދި 1,810 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމާއި، މޫއަރިންގ ރިންގ ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 51.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް