ކ. މާލެ
|
16 އޮކްޓޯބަރ 2023 | ހޯމަ 23:02
"ރަންތާޖު" ޤުރުއަން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވާހަކަދައްކަވަނީ
"ރަންތާޖު" ޤުރުއަން މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
އިސްލާމިކް މިނިސްޓަރު
އިސްލާމިކް މިނިސްޓަރު މިސްރަށް ފުރާ ވަޑައިގެންފި
މިއީ މިހިނގާ އޮކްޓޯބަރު މަހުގެ 18 އިން 19އަށް މިސްރުގައި ބާއްވާ ކޮންފަރެންސެއްގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެއް

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ މިސްރަށް ފުރާވަޑައިގެންފިއެވެ.

މިއީ މިހިނގާ އޮކްޓޯބަރު މަހުގެ 18 އިން 19އަށް މިސްރުގެ ވެރިރަށް ކައިރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ފަތުވާ އެންޑް ޗެލެންޖާޒް އޮފް ދަ ތަރޑް މިލެނިއަމް"ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މި ކޮންފަރެންސްގެ މިއަހަރުގެ ތީމަކީ "ތޭވީސްވަނަ ޤަރުނުގައި ފަތުވާ އަދި ފަތުވާ ދިނުމުގައި ހުރި ގޮންޖެހުންތައް" މި މައުޟޫއެވެ.

މި ކޮންފަރެންސްގައި މިނިސްޓަރު ތަގުރީރުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއީ ދުނިޔޭގެ ފަތުވާ އިދާރާއިން، ފަތުވާދެއްވާ މުފްތީންނާއި އިސްލާމީ މުފައްކިރުން ހިމެނޭ ގޮތަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް