ކ. މާލެ
|
16 އޮކްޓޯބަރ 2023 | ހޯމަ 21:10
ދަރަވަންދޫ ޕޮލިސް ޑެސްކުން ނައްތާލި ބަނގުރާ
ދަރަވަންދޫ ޕޮލިސް ޑެސްކުން ނައްތާލި ބަނގުރާ
ޕޮލިސް
ބަނގުރާ ނައްތާލުން
ދަރަވަންދޫ ޕޮލިސް ޑެސްކުގެ ބެލުމުގެ ދަށުގައިހުރި ބަނގުރާ ނައްތާލައިފި
ނައްތައިލާފައިވަނީ 258 ފުޅި ބަނގުރަލާއި 119 ދަޅު ބިޔަރު

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ބ. ދަރަވަންދޫ ޕޮލިސް ޑެސްކުގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

އޮކްޓޯބަރ 15 ވަނަ ދުވަހު ނައްތައިލާފައިވަނީ 258 ފުޅި ބަނގުރަލާއި 119 ދަޅު ބިޔަރެވެ. މި ތަކެއްޗަކީ މި އަހަރުގެ ޖޫން މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ދަރަވަންދޫ ޑޮމެސްޓިކް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި، އެމްއެންޑީއެފުން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން، އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް