ކ. މާލެ
|
16 އޮކްޓޯބަރ 2023 | ހޯމަ 05:44
ރާއްޖެ އާއި ސައުދީގެ ގުޅުން ބަދަހިކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެ އާއި ސައުދީގެ ގުޅުން ބަދަހިކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެ - ސައުދީ
ރާއްޖެއަށް ސަޢުދީ އިން 2.3 ބިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދިނުމާއި މެދު މަޝްވަރާކޮށްފި
ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1981 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހު
މިކަމާއި ގުޅޭ އިތުރު ތަފްސީލްތައް އަދި ކަމާއި ގުޅުން ހުރި އިދާރާތަކުން ހާމައެއް ނުކުރައްވާ

ދިވެހިރާއްޖެއަށް ސަޢުދީ އަރަބިއްޔާއިން 2.3 ބިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދިނުމާއި މެދު މަޝްވަރާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގއި މި އެހީ ފޯރުކޮށްދީފައި ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ އިތުރުން ރާއްޖޭގެ ސިއްޙީ ދާއިރާގެ ތަރައްޤީ ކުރުމަށްޓަކައެވެ.

ސައުދީން ރާއްޖެ އަށް ފޯރުކޮށްދޭ 150 މިލިއަން ޑޮލަރު ނުވަތަ 2.3 ބިލިއަން ރުފިޔާގެ ތެރެއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ހޭދަކުރަން ހަމަޖެހިފައިވަނީ 100 މިލިއަން ޑޮލަރުއެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލްތައް އަދި ކަމާއި ގުޅުން ހުރި އިދާރާތަކުން ހާމައެއް ނުކުރައްވައެވެ.

އަދި ބާކީ 50 މިލިއަން ޑޮލަރު ހޭދަކުރާނީ ސިއްޙީ ދާއިރާގެ ޢުމްރާނީ މަސައްކަތްތަކަށެވެ.

ސައުދީ އަރަބިއްޔާ އަކި ރާއްޖެ އަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ޤައުމެކެވެ.

އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޓަރމިނަލްގެ މަސައްކަތްވެސް ކުރަމުން ދަނީ ސަޢޫދީ އަރަބިއްޔާގެ، ސަޢުދީ ބިންލާދިން ގްރޫޕާއި ޙަވާލުކޮށްގެންނެވެ. އެ މަސައްކަތް ނިމޭނީ 2025 ވަނަ އަހަރަށެވެ.

ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1981 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް