ކ. މާލެ
|
15 އޮކްޓޯބަރ 2023 | އާދީއްތަ 07:28
އިންތިޚާބީ ރައީސް ޑރ، މުހައްމަދު މުއިއްޒު އިންޓަރވިއު ދެއްވަނީ
އިންތިޚާބީ ރައީސް ޑރ، މުހައްމަދު މުއިއްޒު އިންޓަރވިއު ދެއްވަނީ
އެސެޓް ރިކަވަރކުރުމުގެ މަސައްކަތް
އެސެޓް ރިކަވަރކުރުމަށް ޤާނޫނީ ހުރަހެއް ދިމައެއް ނުވޭ، ބޭނުންވަނީ އިޚުލާސްތެރި މަސައްކަތްތަކެއް - ޑރ.މުއިއްޒު
ރަނގަޅަށް މަސައްކަތް ކޮށްފި ނަމަ ފަސޭހަކަމާއި އެކު ކޮރަޕްޝަންގެ ސަބަބުން ގެއްލިފައިވާ އެސެޓްތައް ރިކަވަރކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި
ޤާނޫނީ ގޮތުން ބަދަލެއް ގެންނަން ޖެހިއްޖެ ނަަމަ އެކަން ކުރައްވާނެ ކަމަށް ޑރ.މުއިއްޒު ވަނީ ވިދާޅުވެފަ
ކޮރަޕްޝަންގެ އަމަލެއް ހިނގައިފިކަަމަށް ވާނަމަ އެފަދަ މައްސަލަތައް ބެލުމުގެ މަރުހަލާވެސް ހިނގާނީ މިހާރަށް ވުރެ އަވަހަށް ކަމަށް މުއިއްޒު ވަނީ ފާހަގަކުރައްވާފަ

އެސެޓް ރިކަވަރ ކުރުމަށް ޤާނޫނީ ހުރަހެއް ދިމާ ނުވާކަމަށާ، ބޭނުންވަނީ އިޚުލާސްތެރި މަސައްކަތްތަކެއްކަމަށް އިންތިޚާބީ ރައީސް ޑރ.މުހައްމަދު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ އަލްޖަޒީރާ އަށް ދެއްވި ބަސްތީގަތުމެއްގައި ވާހަކަދައްކަަވަމުންނެވެ.

އެންޓިކޮރަޕްޝަން ކޮމިޝަން ފަދަ ފާރަވެރި އިދާރާތަކުން ކޮރަޕްޝަންގެ ޢަމަލުތައް ހިނގުމަށް ފަހު އެސެޓްތައް ރިކަވަރކުރުމުގައި ގިނަ ވަގުތު ހޭދަވާކަން ފާހަގަކޮށްފައިވާކަން އަލްޖަޒީރާގެ ނޫސްވެރިޔާ ވަނީ ޑރ.މުއިއްޒު އާއި ސުވާލުކުރަމުން ފާހަގަ ކޮށްފައެވެ. އެކަމާއި ގުޅިގެން މުއިއްޒު ވިދާޅުވީ މި ސަރުކާރަށް ވެސް 5 އަަހަރު ދުވަސް ލިބުުނު ކަމަށެވެ. އެހެންނަމަވެސް އެސެޓް ރިކަވަކުރެވިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ސަރުކާރެއްގައި އެކަން ބަދަލުކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮރަޕްޝަންގެ އަމަލެއް ހިނގައިފިކަަމަށް ވާނަމަ އެފަދަ މައްސަލަތައް ބެލުމުގެ މަރުހަލާވެސް ހިނގާނީ މިހާރަށް ވުރެ އަވަހަށް ކަމަށް މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ. އެސެޓް ރިކަވަރކުރުމަށް މިހާރު ހެދިފައި ހުރި ޤާނޫނުތަކުން ފުދޭ ކަމަށާއި އިޚުލާސްތެރިކަމާއި އެކު މަސައްކަތްކުރެވިއްޖެ ނަމަ އެއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވީ އެސެޓް ރިކަވަރކުރުމުގައި ޤާނޫނީ ގޮތުން ސާފު ނުވާ ކަންތައްތަކެއް ހުރިކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އެހެންނަމަވެސް ޤާނޫނީ ގޮތުން ބަދަލެއް ގެންނަން ޖެހިއްޖެ ނަަމަ އެކަން ކުރައްވާނެ ކަމަށް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ރަނގަޅަށް މަސައްކަތް ކޮށްފި ނަމަ ފަސޭހަކަމާއި އެކު ކޮރަޕްޝަންގެ ސަބަބުން ގެއްލިފައިވާ އެސެޓްތައް ރިކަވަރކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް