ކ. މާލެ
|
14 އޮކްޓޯބަރ 2023 | ހޮނިހިރު 21:30
މެރިޓައިމް ހަފުތާ ނިންމުމުގެ ގޮތުން ބޭއްވި ފަޅު ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން
މެރިޓައިމް ހަފުތާ ނިންމުމުގެ ގޮތުން ބޭއްވި ފަޅު ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން
އެމްއެންޑީއެފް
މެރިޓައިމް ހަފްތާ ފާހަގަކުރުން
މެރިޓައިމް ހަފުތާ ނިންމުމުގެ ގޮތުން ފަޅު ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި
މި ހަރަކާތުގައި ވަނީ ނޯތު ހާބަރ ސަރަހައްދުގެ ފަޅު ސާފުކޮށްފައި

މެރިޓައިމް ހަފުތާ ނިންމުމުގެ ގޮތުން ފަޅު ސާފުކުރުމުގެ ހަރަކާތެއް އެމްއެންޑީއެފް ކޯސްޓްގާޑާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނާއި އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގުޅިގެން ކުރިއަށް ގެންގޮސްފިއެވެ.

ދުނިޔޭގެ ބައިނަލްއަޤްވާމީ ކަނޑު ދަތުރުފަތުރާ ގުޅޭ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަފުތާާއެއްގެ މުއްދަތަށް ކުރިއަށް ގެންދިޔަ ހަރަކާތްތައް ނިންމާލުމުގެ ގޮތުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އަދި އެމްއެންޑީއެފް ކޯސްޓްގާޑުން ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ވަނީ ނޯތު ހާބަރ ސަރަހައްދުގެ ފަޅު ސާފުކޮށްފައެވެ. އެގޮތުން އެ ސަރަހައްދުގެ ފަޅުން ދަނގަޑާއި، ޓަޔަރާއި، އެކި ޒާތުގެ ވަރަށް ގިނަ އަދަދަކަށް ކުނި ވަނީ ނަގާފައެވެ.

ހޮނިހިރުދުވަހު ހެނދުނު ކުރިއަށްދިޔަ މި ހަރަކާތުގައި އެމްއެންޑީއެފް ކޯސްޓްގާޑާއި އެންއެންޑީއެފް މާލެ އޭރިއާ ކޮމާންޑްގެ ސިފައިންގެ އިތުރުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުން ބައިވެރިވިއެވެ.

މެރިޓައިމް ހަފުތާގެ މި ޕްރޮގްރާމްގެ ދަށުން އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ ފާއިތުވި ހަފުތާގެ ތެރޭގައި މާލޭގެ ނޯތު ހާބަރަށް ވަދެނިކުމެ އުޅުނު އުޅަނދުފަހަރު ވެސް ބަލާފާސްކޮށްފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް