ކ. މާލެ
|
14 އޮކްޓޯބަރ 2023 | ހޮނިހިރު 18:42
ޔަހޫދީންގެ ހަމަލާއެއްގައި އަނިޔާވި ކުޑަކުއްޖަކު ނަގައިގެން ގެންދަނީ
ޔަހޫދީންގެ ހަމަލާއެއްގައި އަނިޔާވި ކުޑަކުއްޖަކު ނަގައިގެން ގެންދަނީ
އަލް ޖަޒީރާ
ޣައްޒާއަށް އެހީ ފޯރުކޮށްދިނުން
ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަކީ "ހިނގަންޖެހޭ ކަމެއް": ޑަބްލިއުއެޗްއޯ
އެހީ ފޯރުކޮށްދިނުމަށް ރަފަހް ބޯޑަރު ހުޅުވުމަށް އެއްބަސްވިނަމަވެސް އިސްރާއިލުން އެއްބާރުލުމެއް ނުދޭ
ހޮސްޕިޓަލްތައް ވެސް ހުސްކުރުމަށް ޔަހޫދީ ސިފައިން އަންނަނީ އަންގަމުން

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަކީ "ހިނގަންޖެހޭ ކަމެއް" ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯއިން މިފަދައިން ބުނެފައިވަނީ ޔަހޫދީ ދައުލަތުގެ އަސްކަރިއްޔާއިން ދެމުން އަންނަ ހަމަލާތަކުގައި އަނިޔާވާ މީހުންނާއި ކުޑަކުދިންނަށް ފަރުވާދެމުންދާ ހޮސްޕިޓަލްތައް ފުރި، މީހުންނަށް ފަރުވާ ނުލިބި، ބޮމުގެ ހަމަލާތަކުގައި ފިހިފައިވާ ކުޑަކުދިންނަށް ފަރުވާދެވޭނެ ގޮތެއް ނެތިފައިވަނިކޮށެވެ. ޑަބްލިޔުއެޗްއޯގެ ތަރުޖަމާނު މާގަރެޓް ހެރިސް އަލްޖަޒީރާއަށް ވިދާޅުވެފައިވަނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަކީ ކޮންމެެހެންވެސް މުހިންމު ކަމެއް ކަމަށެވެ.

ޣައްޒާއަށް އިންސާނީ އެހީތެރިކަމުގެ ކޯރިޑޯއެއް ހުޅުވުމާ ބެހޭ ގޮތުން އދ. ގެ ޗީފް ޓެޑްރޯސް އަދަނޮމް ގެބްރޭސިއަސް ބުރާސްފަތި ދުވަހު މިސްރުގެ ރައީސް އަބްދުލްފައްތާހު އަލް ސީސީއާ ބައްދަލުކުރައްވައި ޣައްޒާއަށް އިންސާނީ އެހީތެރިކަމުގެ ކޯރިޑޯއެއް ހުޅުވުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މިސްރުން ބޯޑަރު ހުޅުވަން އެއްބަސްވި ނަމަވެސް އިސްރާއީލުން އެހީ ފޯރުކޮށްދިނުމަށް އެއްބަސްވެފައެއް ނުވެއެވެ.

ބައިނަލްއަގްވާމީ އެހީތައް އަވަހަށް ޣައްޒާއަށް ވައްދާ އެތައް މަރުތަކެއް ހުއްޓުވޭނެ ކަމަށާއި، ބޯޑަރު ހުޅުވުމުގެ އިހުތިޔާރު އެކަނި މަދުވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އދ އިން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް، ގުދުސްގެ ހޮސްޕިޓަލް ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ހުސްކުރުމަށް، ޔަހޫދީ ދައުލަތުން ވަނީ ރެޑްކްރެސެންޓަށް މުހުލަތެއްވެސް ދީފައެވެ. ފަލަސްތީނުގެ ރެޑްކްރެސެންޓް ސޮސައިޓީއަށް މި އަމުރު ދީފައިވަނީ އިސްރާއިލުގެ ހަރުކަށި އަސްކަރިއްޔާއިންނެވެ. ފަހުން މި މުއްދަތު އިތުރުކޮށްފައިވީނަމަވެސް ހޮސްޕިޓަލް ހުސް ނުކުރެވޭނެކަމަށް ރެޑްކްރެސެންޓުން ވަނީ ބުނެފައެވެ. އަދި މީހުންނަށް ފަރުވާ ދިނުމަކީ އެމީހުންގެ މެންޑޭޓުގައިވާ ކަމަށާއި އެކަން ނުހުއްޓާނެ ކަަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް