ކ. މާލެ
|
13 އޮކްޓޯބަރ 2023 | ހުކުރު 12:33
ޓްރާންސިޝަން ކޮމިޓީން މިނިސްޓްރީތަކާއި އިދާރާތަކުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުން
ޓްރާންސިޝަން ކޮމިޓީން މިނިސްޓްރީތަކާއި އިދާރާތަކުގެ ބޭފުޅުންނާއި ބައްދަލުކުރެއްވުން
އިންތިޤާލީ ކޮމިޓީގެ މަސައްކަތްތައް
ޓްރާންސިޝަން ކޮމިޓީން މިނިސްޓްރީ އޮފް ހެލްތު އަދި ސްޓެލްކޯގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި
ޓްރާންސިޝަން ކޮމިޓީތަކުން ދަނީ އިދާރާތަކާއި މުއައްސާސަތަކާއި ބައްދަލުކުރައްވަމުން
ޓްރާންސިޝަން ކޮމިޓީއާއި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވެސް ވަނީ ބައްދަލުކުރައްވާފަ
ފުލުހުންނާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވަޑައިގަތް

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ފަރާތުން ޞިއްޙީ ދާއިރާއަށް އައްޔަން ކުރައްވާފައިވާ ޓްރާންސިޝަން ކޮމިޓީން މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމުގައި، މިހާރު ހިނގަމުންދާ މުހިއްމު ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް އަދި ކުރިއަށް ޕްލޭން ކުރެވުނު ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ބައްދަލުކުރެއްވުމުގައި ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ޓްރާންސިޝަން ކޮމިޓީން ބޭނުންވާ މައުލޫމާތުތައް ވެސް ވަނީ ހިއްސާކުރައްވާފައެވެ. އަދި އެ ކޮމިޓީ އަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން މިނިސްޓްރީން ވަނީ ދީފައެވެ.

ބުރާސްފަތި ދުވަހު އިންތިގާލީ ކޮމިޓީތަކުން ވަނީ ސްޓެލްކޯގެ އިތުރުން ފުލުހުންގެ އިދާރާ އާއި ބައްދަލުކޮށްފައެވެ.

ސްޓެލްކޯ އާއި އެކު ބޭއްވި ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ބައިވެރިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ފުލުހުންނާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ބައިވެރިވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް