Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2023 | ބުރާސްފަތި 13:37
އެމްޕީއެލް ސްޓޯރޭޖު ފެސިލިޓީ
އެމްޕީއެލް ސްޓޯރޭޖު ފެސިލިޓީ
ރާއްޖެއެމްވީ
އެމްޕީއެލް ބަނދަރު
މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި ގިނަދުވަސްވީ މުދާތައް ބަނދަރުން ކްލިއަރ ކުރުމަށް އެމްޕީއެލްއިން އަންގައިފި
ކްލިއަރ ނުކޮށް ގިނަދުވަސްވީ މުދަލުގެ ތަފްޞީލު ވަނީ ހާމަކޮށްފައި
ބުރާސްފަތި ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި އެ މުދާތައް ބަނދަރުން ކްލިއަރ ކުރުމަށް އަންގާފައިވޭ
މިމުއްދަތުގެ ތެރޭގައި މުދާ ނުގެންގޮސްފިނަމަ، ނީލަމުގައި ވިއްކާލެވޭނެ

މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރ ނުކޮށް ގިނަދުވަސްވީ މުދާތައް ބަނދަރުން ކްލިއަރ ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަންގައިފިއެވެ.

އެމްޕީއެލްއިން ވަނީ މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރ ނުކޮށް ގިނަދުވަސްވީ މުދަލުގެ ތަފްޞީލު ހާމަކޮށްފައެވެ.

އަދި، ބުރާސްފަތި ދުވަހުން ފެށިގެން 07 ދުވަހުގެ ތެރޭގައި އެ މުދާތައް ބަނދަރުން ކްލިއަރ ކުރުމަށް މުދަލުގެ ވެރިފަރާތްތަކަށް ވަނީ އަންގާފައެވެ.

Advertisement

އޭގެ އިތުރުން، އޭގެ ތެރޭގައި ކަމާބެހޭ އެއްވެސް މުޢައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަވެސް އެތަކެއްޗާއިމެދު ވަކިގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލިއަރ ކުރުމަށް ނުވަތަ ނައްތާލުމަށް ވަނީ އަންގާފައެވެ.

އެމްޕީއެލްއިން ބުނީ، މިމުއްދަތުގެ ތެރޭގައި މުދާ ނުގެންގޮސްފިނަމަ، މިފަދަ މުދަލާއިމެދު ޢަމަލު ކުރުމަށް އެ ކުންފުނީގައި ހަމަޖެހިފައި އޮންނަ ޤަވާއިދުގެ ދަށުން ނީލަމުގައި ވިއްކާލެވޭނެ ކަމަށެވެ.

އަދި އެއްވެސް ސަބަބަކާއި ހުރެ ނީލަމުގައި ވިއްކާނުލެވޭ މުދާ ނައްތާލުމަށްފަހު، އެމުދަލެއް ނައްތާލުމަށް ހިނގާ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނެކަމަށްވެސް އެމްޕީއެލްއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް