ކ. މާލެ
|
11 އޮކްޓޯބަރ 2023 | ބުދަ 17:30
ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާ އައު ސަފީރަކަމަށް ހަމަޖެއްސުވުމަށް ފޮނުއްވި، ޚަދީޖާ ނަޖީހާ
ދިވެހިރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާ އައު ސަފީރަކަމަށް ހަމަޖެއްސުވުމަށް ފޮނުއްވި، ޚަދީޖާ ނަޖީހާ
ރާއްޖެއެމްވީ
ރާއްޖެއިން ފާކިސްތާނަށް ކަނޑައަޅާ ސަފީރު
ޕާކިސްތާނަށް ކަނޑައަޅާ އައު ސަފީރަކަށް ނަޖީހާ ހަމަޖައްސަން މަޖިލީހަށް
ނަޖީހާ ވަނީ ފޮރިން މިނިސްޓްރީގެ އެކި ވަޒީފާތަކާއި ބޭރުގެ އެކި ގައުމުތަކުގައި ޚާރިޖީ ދާއިރާއާ ގުޅުންހުރި މަސައްކަތް ކުރައްވާފައި

ދިވެހި ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާ އައު ސަފީރަކަށް ހ. ސެލީނާ، ޚަދީޖާ ނަޖީހާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވަނީ، ޕާކިސްތާނުގެ ސަފީރަކަށް ނަޖީހާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވާފައެވެ.

މި ސިޓީފުޅުގައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ)އާއި، ގާނޫނު ނަންބަރު 20/2021 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނު)ގެ 14 ވަނަ މާއްދާގައި ވާ ގޮތުގެމަތިން، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުކަމަށް، ހ. ސެލީނާ، ޚަދީޖާ ނަޖީހާ އައްޔަންކުރެއްވުމަށް ގަސްދުކުރައްވާތީ، އެ ބޭފުޅާ ސަފީރުކަމަށް ހަމަޖެއްސެވުމާމެދު ރައްޔިތުންގެ މަޖިލީހުން ނިންމަވާ ގޮތެއް އަންގައިދެއްވުމަށެވެ.

ނަޖީހާ ސަފީރުކަމަށް އައްޔަންކުރެއްވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

ރާއްޖޭގެ ޚާރިޖީ ދާއިރާގައި 1999 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވަމުންދާ ނަޖީހާ ވަނީ، ފޮރިން މިނިސްޓްރީގެ އެކި ވަޒީފާތަކާއި ބޭރުގެ އެކި ގައުމުތަކުގައި ޚާރިޖީ ދާއިރާއާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

- ކޮމެންޓް