ކ. މާލެ
|
10 އޮކްޓޯބަރ 2023 | އަންގާރަ 13:35
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް، ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ހެދުންކޮޅެއް ވަނީ ތައާރަފު ކޮށްފައި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް، ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ހެދުންކޮޅެއް ވަނީ ތައާރަފު ކޮށްފައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް، ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ހެދުންކޮޅެއް
މިހާތަނަށް ސުޕްރީމް ކޯޓު އަދި ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ޚާއްސަ ހެދުންކޮޅެއް ބޭނުން ނުކުރޭ
މި ހެދުންކޮޅު ފަރުމާ ކުރެވިފައިވަނީ ދިވެހި ތާރީޚާއި، އިސްލާމީވަންތަކަމާއި، އަދި ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ގޮތަށް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް، ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ޚާއްސަ "ގައުން"އެއް ތައާރަފުކޮށްފިއެވެ.

ސުޕްރީމް ކޯޓުން ބުނީ، 2008 ވަނަ އަހަރު ސުޕްރީމް ކޯޓު އުފެދުމާއި ހަމައިން ފެށިގެން މިހާތަނަށް ސުޕްރީމް ކޯޓު އަދި ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ޚާއްސަ ހެދުންކޮޅެއް ބޭނުން ނުކުރާކަމަށެވެ.

އެހެންނަމަވެސް، އެކަން ނިމުމަކަށް ގެނެސް، އަންގާރަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓަށް، ޝަރުއީ ދާއިރާއަށް ޚާއްސަ ހެދުންކޮޅެއް ތައާރަފު ކޮށްފައިވާކަމަށް އެ ކޯޓުން މައުލޫމާތުދެއެވެ.

ސުޕްރީމް ކޯޓުން ވަނީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތުރުކުރެއްވުމަށް އަލަށް ތައާރަފް ކުރެވުނު ހެދުންކޮޅުގެ ފަރުމާތައް އާންމުކޮށް ދައްކާލާފައެވެ.

މި ހެދުންކޮޅު ފަރުމާ ކުރެވިފައިވަނީ ދިވެހި ތާރީޚާއި، އިސްލާމީވަންތަކަމާއި، އަދި ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ގޮތަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް، ޝަރުއީ ދާއިރާ ރަމްޒުކޮށްދޭ ހެދުންކޮޅެއް ވަނީ ތައާރަފު ކޮށްފައި - ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އެގޮތުން ބަލާއިރު، މާލޭ ހިރިގަލުގެ މިސްކިތް އަސްލަކަށް ބަލައިގެން ހަދާފައިވާ ފަރުމާއަކާއި، އަދުލު އިންސާފުގެ ބާރާއި، ޝަރުއީ ދާއިރާގެ މިނިވަންކަން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތިލަފަތެއްގެ ފަރުމާއެއްވެސް ހެދުންކޮޅުގައި ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް