ކ. މާލެ
|
10 އޮކްޓޯބަރ 2023 | އަންގާރަ 10:45
 ޝިއުނީން ރަޝީދު
ޝިއުނީން ރަޝީދު
ބަންގްލަދޭޝަށް ރާއްޖެ އިން ކަނޑައަޅާ ސަފީރު
ބަންގްލަދޭޝަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް ޝިއުނީން ރަޝީދު
ބަންގަލަދޭޝްގެ ސަފީރަކަށް އައްޔަންކުރުމަށް ފޮނުއްވާފައިވާ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީ ޝީއުނީން ރަޝީދުގެ ނަން މަޖިލީހަށް ނަން ފޮނުވީ މިދިޔަ މަހުގެ 5ގަ

ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް ޝިއުނީން ރަޝީދު އައްޔަންކުރުމާއި މެދު މަޖިލީހަށް ފެންނަ ގޮތެއް ކަނޑައެޅުމަށް ފޮނުވައިފިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އާއި، ޤާނޫނު ނަންބަރު 20/2021 (ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނު) ގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ އަންގާރަ ދުވަހުއެވެ.

ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ސ.ހުޅުދޫ/ އަސަރީގެ، އަލްފާޟިލާ ޝިއުނީން ރަޝީދު ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާދެއްވީ މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާއެވެ.

ބަންގަލަދޭޝްގެ ސަފީރަކަށް އައްޔަންކުރުމަށް ފޮނުއްވާފައިވާ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކެޓްރީ ޝީއުނީން ރަޝީދުގެ ނަން މަޖިލީހަށް ނަން ފޮނުވީ މިދިޔަ މަހުގެ 5ގައެވެ.

- ކޮމެންޓް