ކ. މާލެ
|
9 އޮކްޓޯބަރ 2023 | ހޯމަ 15:25
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ނަޝީދު އަދި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ
ނަޝީދާއި އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ: ފުރަތަމަ މި މައްސަލަ އަނބުރާ ނެގީ މަސްލަހަތަށް ބެލުމަށްފަހު
ދާއިމީ ކޮމިޓީތައް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ހަމަތަކުގެ މަތީން ކުރިއަކަށް ނުގެންދެވުނު
އެ މައްސަލަ އަނބުރާ ނެގީ ސޮއިކުރި ގިނަ މެންބަރުންގެ ނުރުހުމާއެކު

ފުރަތަމަ ހުށަހެޅި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އަދި ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެގީ އޭރުގެ މަސްލަހަތަށް ވިސްނުމަށްފަހު ކަމަށް، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައްޔިތުން މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި އަސްލަމް ވިދާޅުވީ، ޖޫން މަހުގެ ތެރޭގައި މަޖިލީހުގެ ރައީސް ނަޝީދާއި ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމާއެކު މަޖިލީހުގެ ވަރަށް ގިނަ މަސައްކަތްތައް ހުއްޓިގެން ދިޔަ ކަމަށެވެ.

އަސްލަމް ވިދާޅުވީ، އެ މައްސަލަ ވެއްދުމާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމިޓީތައް މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރާ ހަމަތަކުގެ މަތީން ކުރިއަށް ނުގެންދެވުނު ކަމަށެވެ. އޭރުގެ ހާލަތަށް ބެލުމަށްފަހު މައްސަލަ އަނބުރާ ގެންދިޔައީ މަސްލަހަތަށް ބެލުމަށްފަހު ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަން ކުރީ މައްސަލަ ކުރިއަށް ގެންދިއުމަށް ސޮއިކުރި ގިނަ މެންބަރުންގެ ނުރުހުމާއެކު ކަމަށެވެ.

މުއްދަތުތައް ފުށުނާރާ. މުއްދަތުތައް ފުށުއެރީ ލަސްތަކެއްވީމަ. އެ މައްސަލައާ ގުޅިގެން މަޖިލީހުގެ ވަރަށް ގިނަ ކަންތައްތަކެއް ހުއްޓިގެންދިޔަ. އެ މައްސަލަ އެހެން އޮތުމުގެ ސަބަބުން މަޖިލީހުގެ ދާއިމީ ކޮމިޓީތައް މަޖިލީހުގެ ގަވާއިދު ގަވާއިދުގަ ބަޔާންކުރާ ހަމަތަކުގެ މަތިން ކުރިއަށް ނުގެންދެވި ހުރި. މަޖިލީހުގެ ވަރަށް ގިނަ މަސައްކަތްތައް ހުއްޓިގެން ދިޔަ. އަޅުގަނޑުމެން އެ މައްސަލަ އަނބުރާ ނެގިން. އެ މައްސަލަ ނެގީ (54 މެންބަރުންގެ ސޮޔާއެކު ހުށަހެޅި އެމައްސަލަ) ގިނަ ބޭފުޅުން ރުހިގެން ކުރި ކަމެއް ނޫން.
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، މުހައްމަދު އަސްލަމް

އަސްލަމް ވިދާޅުވީ މަސްލަހަތަށް ވިސްނައި އެމައްސަލަ އަނބުރާ ނެގީ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލިސް ކުރިއަށް ގެންދާނެކަމުގެ އުންމީދުގައި ކަމަށެވެ. ނަމަވެސް އުންމީދުކުރި ގޮތާ އެއްގޮތަށް ކުރިއަށް ނުދާކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ނަޝީދު ނިސްބަތްވެވަޑައިގަންނަވަނީ ދަ ޑިމޮކްރެޓްސްއަށް ކަމަށާއި، ފެނިގެންދިޔައީ އަމިއްލަ މަސްލަހަތުގައި ކަންކަން ކުރައްވާ މަންޒަރު ކަމަށެވެ.

ނަޝީދު މަޖިލީހުގެ ރައީސްކަމުން، އަދި އީވާ ނައިބު ރައީސް ވަކިކުރުމަށް ފުރަތަމަ އެމްޑީޕީން ހުށަހެޅީ މިދިޔަ ޖޫން މަހުއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު، އެ މައްސަލަ އަނބުރާ ނެގިއެވެ. އޭރު ވަކި ސަބަބެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.

މިއީ މަޖިލީހުގެ މި ދައުރުގެ ތެރޭގައި މި މައްސަލަ ހުށަހަޅާ ދެވަނަ ފަހަރެވެ.

Advertisement

Advertisement
- ކޮމެންޓް