ކ. މާލެ
|
8 އޮކްޓޯބަރ 2023 | އާދީއްތަ 18:44
މެރިޓައިމް ސޭފްޓީ ވީކުގެ ހަރަކާތްތައް
މެރިޓައިމް ސޭފްޓީ ވީކުގެ ހަރަކާތްތައް
މެރިޓައިމް ސޭފްޓީ ވީކް
މެރިޓައިމް ސޭފްޓީ ވީކް ފަށައިފި
ދުވަހުގެ ޝިއާރެއްގެ ގޮތުގައި އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)އިން ކަނޑައަޅާފައިވަނީ "މާޕޯލް އެޓް 50 – އަވަރ ކޮމިޓްމެންޓް ގޯސް އޮން"
މާޕޯލް ފަދަ މުއާހަދާތަކަށް ޚާއްސަ އިސްކަމެއް ދީގެން ތަންފީޒު ކުރުމަކީ ރާއްޖެއަށް ވަރަށް މުހިންމުކަމެއް
މެރިޓައިމް ސޭފްޓީ ވީކް ފެށީ އާދިއްތަ ދުވަހު

2023 ވަނަ އަހަރުގެ ބައިނަލްއަގްވާމީ ކަނޑު ދަތުރުފަތުރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ޓްރާންސްޕޯޓް މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މެރިޓައިމް ސޭފްޓީ ވީކްގެ ހަރަކާތްތައް ފަށައިފިއެވެ.

އެ ހަރަކާތްތައް ފަށާފައިވަނީ އާދިއްތަ ދުވަހު ހެނދުނު މާލޭ ނޯތު ހާބަރުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހައިރު ވަނީ އެ ދާއިރާއިން މީހުން ހޭލުންތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކަނޑު ދަތުރުފަތުރުގެ ނިޒާމަކީ ދުނިޔޭގެ އިގްތިސާދުގެވެސް މައި ތަނބުކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ޒުހައިރު އިތުރަށް ވިދާޅުވީ މުދާ އިންޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމަށް އެންމެ އެދެވިގެންވަނީ ވެސް ކަނޑު ދަތުރު ފަތުރުގެ ނިޒާމުންކަމަށެވެ. މީގެ އިތުރުން މާޕޯލް ފަދަ މުއާހަދާތަކަށް ޚާއްސަ އިސްކަމެއް ދީގެން ތަންފީޒު ކުރުމަކީ ރާއްޖެއަށް ވަރަށް މުހިންމުކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފާއިތުވި އަހަރުވެސް މިފަދަ ހަރަކާތެއް އެ މިނިސްޓްރީން ވަނީ ހިންގާފައެވެ. އެ މިނިސްޓްރީގެ ޑިރެކްޓަރ ހުސައިން ނަޒީރު ވަނީ އެ ހަރަކާތްތައް ވަރަށް ކާމިޔާބުކަން ފާހަގަކުރައްވާފައެވެ. މި އަހަރުގެ ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރާގުޅޭ ޝިއާރެއްގެ ގޮތުގައި އިންޓަރނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)އިން ކަނޑައަޅާފައިވަނީ "މާޕޯލް އެޓް 50 – އަވަރ ކޮމިޓްމެންޓް ގޯސް އޮން" އެވެ.

މެރިޓައިމް ސޭފްޓީ ވީކުގެ ތެރެއިން މާލޭ ނޯތު ހާބަރަށް އަންނަ މުދާ އުފުލާ އުޅަނދުފަހަރުގައި ހުރުން ލާޒިމްވާ، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭކަންކަން އުޅަނދުފަހަރުގައި ފުރިހަމަކުރެވިފައި ހުރިކަން ޔަގީންކޮށް ބެލުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރާ ގުޅޭ ދުވަސް ދިވެހިރާއްޖޭގައި މިއަހަރު ފާހަގަ ކުރުމަށްޓަކައި ރާވާފައިވާ ޕްރޮގްރާމް އާދީއްތަ ދުވަހުން ފެށިގެން ހަފުތާ ނިމެންދެން ކުރިޔަށް ގެންދާގޮތަށް އެ މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. މި ޕްރޮގްރާމުގައި ކުރިޔަށްގެންދާ ކަންކަމުގެ ތެރޭގައި؛ މާލޭ ނޯތު ހާބަރަށް އަންނަ މުދާ އުފުލާ އުޅަނދުފަހަރުގައި ހުރުން ލާޒިމްވާ، ސަލާމަތާ ރައްކާތެރިކަމާ ގުޅޭކަންކަން އުޅަނދުފަހަރުގައި ފުރިހަމަ ކުރެވިފައި ހުރިކަން ޔަގީންކޮށް ބެލުން ހިމެނެއެވެ. އަދި އުޅަނދުތައް ޗެކްކޮށް، އެ އުޅަނދުފަހަރުގެ ވެރިންނަށާއި ކެޕްޓަނުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް