ކ. މާލެ
|
7 އޮކްޓޯބަރ 2023 | ހޮނިހިރު 10:34
އަލް އިއްތިހާދު އަދި އަލް އަހްލީ ސައުދީން ކުޅުނު މެޗުގެ ތެރެއިން
އަލް އިއްތިހާދު އަދި އަލް އަހްލީ ސައުދީން ކުޅުނު މެޗުގެ ތެރެއިން
ޓްވީޓަރ
ސައުދީ ޕްރޯ ލީގު
އަލް އަހްލީ ސައުދީ އަތުން ބަލިވެ، އަލް އިއްތިހާދު ހަތަރު ވަނަ އަށް
ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ފްރޭންކް ކެސިއޭ

ސައުދީ ޕްރޯ ލީގުގައި އަލް އަހްލީ ސައުދީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އަލް އިއްތިހާދު ހަތަރު ވަނަ އަށް ވެއްޓިއްޖެ އެވެ.

މި ސީޒަންގެ ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އަލް އިއްތިހާދުން ހުކުރު ދުވަހުގެ ރޭ އަލް އަހްލީ ސައުދީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވީ 1-0 އިންނެވެ. މެޗު ފަށައިގެން ކުރީ ކޮޅު އަލް އިއްތިހާދަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބިފަ އެވެ. އެ ޓީމުގެ ފޯވާޑު ލައިންގައި ތިބި ފްރާންސްގެ ކަރީމް ބެންޒެމާ އަދި ހަމަދުﷲ އަށް ލިބުނު ފުރުސަތުތައް ނިންމާ ނުލެވިގެން އުޅެނިކޮށް، އަލް އަހްލީ ސައުދީން ވަނީ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ ފްރޭންކް ކެސިއޭ އެވެ. މިއީ ބާސެލޯނާ ދޫކޮށް އަލް އަހްލީ ސައުދީ އަށް ބަދަލުވި ފަހުން ކެސިއޭ އެ ޓީމަށް ޖަހައިދިން ހަތަރު ވަނަ ލަނޑެވެ. އޭގެ ފަހުން އެ ޓީމުގެ ރިޔާދް މާރޭޒް އަދި ރޮބާޓް ފިރްމީނޯ އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ.

ބައްޔާއެކު އަލް އިއްތިހާދު ހަތަރު ވަނައިގައި އޮތީ ކުޅުނު ނުވަ މެޗުން 19 ޕޮއިންޓު ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އަލް އަހްލީ ސައުދީ އަދި އަލް ނަސްރަށް ވެސް ލިބެނީ 19 ޕޮއިންޓެވެ. ނަމަވެސް އަލް އަހްލީ ސައުދީ އޮތީ ފަސް ވަނައިގަ އެވެ. ލަނޑުގެ ގޮތުން ކުރި ހޯދައިގެން އަލް ނަސްރު އޮތީ ތިން ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް