Advertisement
ކ. މާލެ
|
6 އޮކްޓޯބަރ 2023 | ހުކުރު 18:51
ބްރިޖްގައި ހިނގި އެކްސިޑެންޓް
ބްރިޖްގައި ހިނގި އެކްސިޑެންޓް
ފޭސްބުކް
ބްރިޖް ހައިވޭގައި އެކްސިޑެންޓެއް ވުން
ބްރިޖް ހައިވޭގައި 4 ކާރު ޖެހި އެކްސިޑެންޓެއް ހިނގައިފި
އެކްސިޑެންޓުގައި މީހަކަަށް އަނިޔާވިކަން ނުވަތަ ނޫންކަން އަދި ފުލުހުން ހާމައެއް ނުކުރޭ
ބްރިޖް ބޭނުންކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ

ބްރިޖް ހައިވޭގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

Advertisement

ފުލުހުން ބުނީ އެ އެކްސިޑެޓް ހިނގާފައި ވަނީ ބްރިޖް ހައިވޭގައި މާލެ އިން ހުޅުމާލެ އަށް ދަތުރުކުރާ ފަޅީގައި ކަމަށެވެ. އަދި އެކްސިޑެންޓު ހިނގީ އެ ފަޅީފައި 4 ކާރު ޖެހިގެން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ހުކުރު ދުވަހުގެ ރޭ އިރު އޮއްސުނު ފަހުން ފުލުހުން ހިއްސާކުރި މެސެޖްގައި ބުނެފައި ވަނީ މި އެކްސިޑެންޓާއި ގުޅިގެން ފުލުހުން އެކްސިޑެންޓުވި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ބްރިޖްގައި ހިނގި އެކްސިޑެންޓް - ފޭސްބުކް

އެކްސިޑެންޓާއި ގުޅިގެން ބްރިޖްގެ ޓްރެފިކް ވަނީ ބްލޮކްވެފައެވެ. އެކަމަށް ބްރިޖް ބޭނުންކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބާއި، އެކްސިޑެންޓުގައި މީހަކަަށް އަނިޔާވިކަން ނުވަތަ ނޫންކަން އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް
7 އޮކްޓޯބަރ 2023 | ހޮނިހިރު 08:24
އައިމަން
ހުކުރު ދުވަސްވީމަ ކޮންމެ މީހަކުވެސް އެކަކަށްވުރެ ގިނައިން އަނެކާ ލިބޭތާ ލިބިގަންނަން ދުއްވަނީ މީހަކަށްވެސް އުޅަނދަކަށްވެސް ބަލާފައެއްނޫން، ހިތުހުރި ގޮތަކަށް ދުއްވަނީ އޯވަޓޭކް ކޮށްލަނީ ބޭނުން ދިމާލަކުން، ޤަޥާޢިދަކަށްވެސް މީހެއްގެ ފުރާނައަކަށްވެސް ބެލުމެއްނެތް،