ބަންޑާރަ ނައިބް މުހައްމަދު އަނިލްއަކީ ޤާނޫނު އަސާސީއާއި ޤާނޫނުން މަތިކުރި ޒިންމާއަށް ވަރަށް ބޮޑަށް ޚިޔާނާތްތެރިވެވަޑައިގެންފައިވާ ބޭފުޅުއް ކަމަށް ކުރީގެ ބަންޑާރަ ނައިބް އަލްއުސްތާޒާ ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހިމް ކުރައްވާފައިވާ ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.
މިނިސްޓަރ ތޯރިގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ބަންޑާރަ ނައިބު އަނިލްއަކީ މިހާތަނަށް ރާއްޖެ ނުދެކޭ ފަދަ ވަރުގަދަ ވިސްނުންތެރި ހީވާގި، މޮޅު، ބޭފުޅެއް ކަމަށެވެ.
މިކަމަށް ރައްދުދެއްވައި ދިޔާނާ ވަނީ އަނިލްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
Molhuvesme, heevaagivesme; ehenas QA aai qaanoonun mathikuri zinmaa ah v bodah khiyaanaiytherivejje. pic.twitter.com/OhuTbs58Qs
— Dhiyana (@dhiyanasaid) July 21, 2017
އަނިލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ބުރާސްފަތި ދުވަހު ވައްދާފައިވާއިރު މިމައްސަލަ މަޖިލިހަށް ވެއްދީ 24 މެމްބަރެއްގެ ސޮޔާ އެކު އެވެ.
މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، މަޖިލިހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންޖެހެ އެވެ. އަދި އެ ބަހުސްގައި އަނގަ ބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިވަޑައިގަންނަވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސާލާގައި އަނިލްއަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒުވެގެން ގޮސްފައިވެއެވެ.