Advertisement
ކ. މާލެ
|
3 އޮކްޓޯބަރ 2023 | އަންގާރަ 12:27
އެމްޑީޕީ ޤައުމީ މަޖިލިސް ޖަލްސާއެއްގެ ތެރެއިން
އެމްޑީޕީ ޤައުމީ މަޖިލިސް ޖަލްސާއެއްގެ ތެރެއިން
އެމްޑީޕީ
ނިޒާމީ ވޯޓު
ނިޒާމީ ވޯޓާއި ގުޅޭ މައުޟޫގައި އެމްޑީޕީ ޤައުމީ މަޖިލީހުން މިރޭ ގޮތެއް ނިންމަނީ
ޖާގަ އޮތް ވަރަކުން އާއްމު މެންބަރުންނަށް އަޑުއަހަން ވަދެވޭނެ
އެމްޑީޕީ އިން ތާއީދުކުރާނެ ނިޒާމެއް ކަނޑައެޅުމަށް މަޝްވަރާކޮށް ގޮތެއް ނިންމާނެ
ޤައުމީ މަޖިލިސް އޮތީ އަންގާރަ ދުވަހުގެރޭ 8:30 ގައި އިމާދުއްދީން ސްކޫލުގައި

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ނަގާ ވޯޓުގައި އެމްޑީޕީ އިން ތާއީދުކުރާނެ ނިޒާމަކާއި ގުޅޭގޮތުން ގޮތެއް ނިންމުން އަންގާރަ ދުވަހުގެ ރެއަށް ތާވަލުކޮށްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިބްރާހީމް ވަޙީދު (އިބުރޭ) ވިދާޅުވީ، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށް ނަގާ ވޯޓުގައި އެމްޑީޕީ އިން ތާއީދުކުރާނެ ނިޒާމެއް ކަނޑައެޅުމަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށް ބާއްވާ ޤައުމީ މަޖިލިސް އަންގާރަ ދުވަހުގެރޭ 8:30 ގައި އިމާދުއްދީން ސްކޫލުގައި ބޮނޑިބަތާއެކު އޮންނާނެކަމަށެވެ.

އަދި ޖާގަ އޮތް ވަރަކުން އާއްމު މެންބަރުންނަށް އަޑުއަހަން ވަދެވޭނެކަންވެސް އިބްރާހީމް ވަޙީދު ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

އިބްރާހީމް ވަޙީދު އެހެން ވިދާޅުވެފައިވާއިރު، އެމްޑީޕީ ޤައުމީ މަޖިލީހުގެ ގާތްގަނޑަކަށް 99 އިންސައްތަ މެންބަރުންގެ ރޫހު ހުރީ ބަރުލަމާނީ ނިޒާމަކާ ދެކޮޅަށްކަމަށާއި، ޚުދު އެމަނިކުފާނުގެ އަމިއްލަފުޅު ވިސްނުންފުޅުގައިވެސް ޤައުމަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމުކަމަށް އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވަނީ ވިދާޅުވެފައެވެ.

ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ، ނިޒާމާ ގުޅޭ ނިންމުމަކީ ރައްޔިތުން ނިންމަންޖެހޭ ނިންމުމެއް ކަމަށާއި، ނަމަވެސް މިއީ އެންމެ ރަނގަޅު ވަގުތުތޯ އެއީ އުފެދޭ ސުވާލެއްކަމަށެވެ.

އެކަމާ ގުޅޭގޮތުން ޕާޓީން މަޝްވަރާ ކުރުމަށްފަހު ޕާޓީން ނިންމާ ގޮތެއް އަންގާނެކަން ރައީސް ވެސް ފާހަގަ ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް