Advertisement
ކ. މާލެ
|
2 އޮކްޓޯބަރ 2023 | ހޯމަ 13:42
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
އެމްޑީޕީ
ރައީސް ސާލިޙުގެ ވެރިކަން
ޖަވާބުދާރީ ނުވެވޭނެ ވަރުގެ ކަމެއް ކޮށްފައެއް ނޯންނާނެ: ރައީސް
ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ހާލަތެއްގައި އެކަމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވި
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އެކި ފަރާތްތަކުން ދޮގު ވާހަކަތައް ދައްކަމުންދިޔަ

އެމަނިކުފާނަށް ޖަވާބުދާރީވެވަޑައިނުގެންނެވޭ ވަރުގެ ކަމެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ، އެމަނިކުފާނަށް ޖަވާބުދާރީވެވަޑައިނުގެންނެވޭ ވަރުގެ ކަމެއް ނޯންނާނެކަމަށާއި، ސަރުކާރުން ހުރިހާ ކަމެއްވެސް ކޮށްފައިވާނީ އުސޫލުތަކުގެ ތެރެއިންކަމުގެ ޔަޤީންކަން އެމަނިކުފާނަށް އެބައޮތްކަމަށެވެ.

އަދި ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ހާލަތެއްގައި އެކަމަށް ތައްޔާރަށް ހުންނެވިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

ރައީސް ސާލިޙު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އެކި ފަރާތްތަކުން ދޮގު ވާހަކަތައް ދައްކަމުންދިޔަ ކަމަށާއި، ސަރުކާރާއި ގުޅޭގޮތުން ހަގީގަތެއް ނެތް އޮޅުވާލުންތަކެއް ބަޔަކު އޮޅުވާލަމުން ގެންދިޔަ ކަމަށެވެ.

އަދި އޭގެ ސަބަބުން ބައެއް މީހުންނަށް އެކަން ގަބޫލްކުރެވުނުކަން ފާހަގަ ކުރައްވައި ރައީސް ވަނީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންނެވި ސަބަބުތަކުގެ ތެރޭގައިވެސް އެކަން ހިމެނޭކަން ފާހަގަ ކުރައްވާފައެވެ.

ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދޭތެރޭގައިވެސް ޤާނޫނާއި ޤަވާއިދުން ބޭރުން އެއްވެސް ކަމެއް ހިނގާފައިނުވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް